(22 ޑިސެމްބަރ 2020 އާ ގުޅޭ)
"އާ ޔޫ ޝުއާ..." ކެންޒާގެ ދެ ލޮލަށް ބަލަމުން ލައިތު އަހާލިއެވެ. ކެންޒާ މަޑުމަޑުން ބޯޖަހާލީ ހުއްދަދެމުންނެވެ. އަދި ފައިގެ ކޮޅަށް އުފުލިލަމުން ލައިތުގެ ކަނދުރާގައި އެއްއަތް އަޅާލުމާއެކު ތެތް އިސްތަށިގަނޑުގައި އިނގިލިތައް ހިންގާލިއެވެ.
"ލަ..އި..ތު... ޕްލީޒް..." ކުރުވެފައިވާ ނޭވާއާއެކު ކެންޒާއަށް އާދޭސް ކޮށްލެވުނެވެ. ލައިތުގެ ލަސް ބީހުންތަކުން ކެންޒާގެ ކެތްތެރިކަން ނެތިދަނީއެވެ. އެހެންވިޔަސް އަވަސްއަރުވާލުމުގެ ނިޔަތެއް ލައިތުގެ ނެތްފަދައެވެ. ކެންޒާއަށް ބަލާލަމުން ލައިތު ހީނލީއެވެ.
"އައި ނޯ ބޭބީ... ޔޫ އާ ސޯ ބިއުޓިފުލް." ކެންޒާގެ ހަށިގަނޑު ހާމަވަމުންދިޔަވަރަކަށް ލައިތުގެ ދަހިވެތިކަން އިތުރުވަމުން އައެވެ.
"ވެއިޓް." ތުވާލި އެއްކޮށް ވެއްޓުމުގެ ކުރިން ކެންޒާއަށް ލައިތުގެ އަތުގައި ހިފަހައްޓާލެވުނެވެ.
"އައި ލަވް ޔޫ ކެން، ޑޯންޓް ހައިޑް ފްރޮމް މީ... އައި ލަވް އެވްރިތިންގް އަބައުޓް ޔޫ..." ލައިތު ބުނެލިއެވެ. އެ ތުންފަތް ކެންޒާގެ ކަރުދޮށުގައި ޖައްސާލިއެވެ. ކޮނޑާއި މޭމަތީގައި ފިރުމާލުމާއެކު ކެންޒާއާ ހަތަރުކަޅި ލައިތު ހަމަކޮށްލިއެވެ.
"ކެން، ވީ ކެން ޓޭކް ތިންގްސް ސްލޯ..." ކެތްތެރިކަން ކޮޅުންލާފައިވިޔަސް ލައިތު މަޑުޖެހުނެވެ. އެހެންނަމަވެސް އޭނާގެ ވާހަކަ ހުއްޓުވީ ކެންޒާއެވެ. ލައިތުގެ ކަނދުރާގައި އަޅުވާލެވިފައިވާ އަތުން ދެހަށިގަނޑު އެއްކޮށްލައި ކެންޒާގެ ތުންފަތުން އުފާކޮށްލަދިނެވެ.
"އައި ވޯންޓް ޔޫ..." މޫނު ދުރުކޮށްލައި ނިކަން އަވަހަށް ލައިތު ބުނެލިއެވެ. އެ އަޑުގައިވި ކެތްތެރިކަން ކުޑަކަމާއި އެ ދެ ލޮލުގައިވި މަސްތުކަން ފެނި ކެންޒާގެ ގައިން ހީބިހި ނެގިއެވެ. އެނދުގައި ކެންޒާ ބޭންދިކަން އެނގުނީ ވެސް ތަންމަތީގައި އޭނާގެ ބުޑު ޖެހުނީމައެވެ.
"ޓެލް މީ ޓު ސްޓޮޕް." ކެންޒާ ތައްޔާރުނުވަނީސް އޭނާއަށް ޓަކައި އަމިއްލަ ނަފްސަށް ކެންޒާ މަޖޫބުރުކުރަން ލައިތު ނޭދެއެވެ.
"އައި ވޯންޓް ޔޫ ޓޫ... ލައިތު... އޯކޭތަ؟" ލައިތުގެ މޫނުގައި އަތްތިލަ ޖައްސާލަމުން ކެންޒާ އަހާލިއެވެ.
"މިހާރު ހުއްޓާލުނިއްޔާ އަހަންނަށް ދުރަކަށް ނުދެވޭނެ، އެހެންވެ." ނުހަނު ލޯބިން ލައިތު ބޮސްދިނެވެ.
"އައި އޭމް ޝުއާ... އައި ވޯންޓް ޔޫ ލައިތު... ޕްލީޒް." ލައިތު ދުރަށްދާން ނޭދޭ ފަދައިން އެ އަތުގައި ކެންޒާ ހިފަހައްޓާލިއެވެ. މަޑުމަޑުން ހިފަހައްޓައިގެން ހުރި ތުވާލިން ކެންޒާ ދޫކޮށްލީ ލައިތާ ނަޒަރު ސީދާކޮށްލައިގެން އިނދެއެވެ. ފިރިމީހާގެ ބެލުންތައް އެ ހަށިގަނޑަށް ދަތުރުކުރަމުންދިޔައިރު މަސްތުކަމުގެ ހިޔަނިން އެ ދެލޮލުގެ ދިހުން ގަދަވަމުން އައިކަން ކެންޒާ ދެނަހުއްޓެވެ.
"ލައިތު..." ކޮންމެ އަކުރެއް ވަކިން ކިޔާލާފަދަ ލަސްކަމާއެކު ކެންޒާ ގޮވާލިއެވެ.
"އަހަރެންދެކެ ލޯބިވޭޔޭ ބުނޭ... ކޯލް މީ ރައިޒަން... ޖަސްޓް ކީޕް ސެއިން މައި ނޭމް، ޓެލް މީ ހައު މަޗް ޔޫ ވޯންޓް މީ ރައިޓް ނައު، ބޭބީ... ސޭ އިޓް... އޯ ކެން... އައި ލަވް ޔޫ ސޯ މަޗް... އައި ޑޯންޓް ތިންކް އައި އޭމް އެވާ ގޮއިންޓު ލެޓް ޔޫ އައުޓް އޮފް ދިސް ބެޑް." ކެންޒާގެ ހަށިގަނޑާއެކު ތަންމަތީގައި ލައިތު އޮށޯވެލައި ފަހު ޖުމްލަ ބުނެލީ ސިއްރުން ކަންފަތް ދޮށުގައެވެ. އެއާއެކު ލައިތުގެ ލުއި ހީނލުމުގެ އަޑު އިވިލިއެވެ.
ޖިސްމުގައިވި ފިނިކަމުގެ އަސަރު ކެނޑެމުންދިޔައިރު ވާރެގެ ތެރެއިން ދޭތެރެއަކުން އިވިލާ ގުގުރީގެ އަޑު ވެސް ދުރުވެ ފަނޑުވެފައިވާ ކަހަލައެވެ. ހަޤީޤީ އަރާމަކީ ކޮބައިކަން ކެންޒާއަށް އިޙްސާސް ވަމުންދިޔައީ ލައިތުގެ ފުށުންނެވެ. އަވަސްވެ ކުރުވެފައިވާ ނޭވާ ގުޅި، މަސްތުކަމުގެ ކަނޑުގައި ދެ ނަފްސު ފަތަމުންދިޔައިރު އިވެމުންދިޔައީ މީގެ ކުރިން ދެމީހުން އެކަކުއަނެކަކާ ނުދައްކާފަދަ ވާހަކަތަކެކެވެ. ހަށިގަނޑުގެ އެދުންތަކުން ސިކުނޑިއާއި ހިތް ފުރިބާރުވަމުން އައިއިރު ލަދުވެތިކަމަށް ކުޑަ ވެސް ފުރުޞަތެއް ނުދިނެވެ. ކެންޒާގެ ހަޔާތުން ބައްދަލުވި މީހުންގެ ތެރެއިން ލައިތަކީ އޭނާދެކެ އެންމެ ލޯބިވާ އެންމެ އޯގާތެރި އިންސާނާއެވެ. ކެންޒާގެ އިޙްސާސްތައް ހާމަކުރުމަކާއި ނުލާ ލައިތު ދެނެގަންނަނީ ނުހަނު ފަސޭހައިންނެވެ.
"ރައިޒަން... އައި އޭމް ޓަޔަޑް." ފުރޮޅިލައި ލައިތު ދަމާލި އަތްމަތީ ހަމަޖެހިލި ކެންޒާ ބުނެލިއެވެ.
"އައި އޭމް ނޮޓް..." ނޭވާ ހަމައަކަށް އަޅުވަމުން ލާނެތް ހިންޏެއް އައިސްފަ އޮވެ ލައިތު ބުންޏެވެ. އޭރު ވިދަމުންދިޔަ ދާތިކިތަކާއެކު އެ މޫނު ވެސް ވަނީ މުޅިން ރަތްވެފައެވެ.
"ރައިޒަން..." ލައިތުގެ މޭގައި މަޑުމަޑުން ޖަހާލަމުން ކެންޒާ ގޮވާލިއެވެ.
"މައި ސްވީޓް ޕެންޑާ... ޖަސްޓް ވަން މޯ، އައިލް ލެޓް ޔޫ ސްލީޕް އާފްޓާ، ޕްލީޒް." ލައިތު ބުނެލިއެވެ. ވަރުބަލިވިޔަސް ލައިތުގެ ބީހުންތަކަށް ކެންޒާގެ ހަށިގަނޑު ދެކޮޅެއް ނުހެދިއެވެ. ކެންޒާގެ ކަރުދޮށުގައި ދަތްއަޅާލުމަށްފަހު، މީހާ އެއްކޮށް ކާލެވޭނެނަމަ ކާލަން ބޭނުންވާކަން ލައިތު ބުނެލިއެވެ. އެހިނދު ކެންޒާގެ ހިނގަނޑު ދިޔައީ ފަޅައިގެންނެވެ.
"ބޭބީ، އައި އޭމް ސޮރީ މައި މެރިއޭޖް ޕްރޮޕޯސަލް ސަކްސް، އޭރު ހުރީ ވަރަށް ބިރުން ކެން އަހަންނަށް ނުލިބިދާނެތީ، އެހެންވެ އެހާ އަވަސް އަރުވާލީ، ބަޓް ސޫން... އައި ވިލް ގިވް ޔޫ، ޔޯ ޑްރީމް ވެޑިން، އެންޑް މެނީ މޯ... ޔޫ އާ ސްޓަކް ވިތް މީ... މުޅި އުމުރަށް، ކެން އުފާކޮށްދޭން އަހަރެން ބޭނުމީ، ހުރިހާ އުފަލެއް ހޯދައިދޭންނަން، ޔޫ ޑޯންޓް ހޭވް ޓު ވޮރީ، ނެކްސްޓައިމް، އައި ވިލް ޕްރޮޓެކްޓް ޔޫ ފޯ ޝުއާ." ކެންޒާގެ ނިތްކުރީގައި ބޮސްދެމުން ލައިތު ވަޢުދުވެލިއެވެ.
* * * * *
7 މަސް ފަސް
އޮފީހުން ނުކުތުމުގެ ކުރީން ޔާދިންއަށް ލައިތު ގުޅިއެވެ. އޭނާ ނުހުންނާނެކަން އަންގާލުމަށެވެ. މެންދުރު އޮތް ބައްދަލުވުން ވެސް ކެންސަލްކޮށް އެންމެންނަށް އަންގަން އާރިކު ގާތު ބުނެފިންކަން ލައިތު ބުންޏެވެ.
"ގެއަށްތަ ތިދަނީ؟" ފޯނުން ވެސް ލައިތުގެ އަޑުގައި ހުރި އަވަސްއަރުވާލުން ޔާދިންއަށް ފާހަގަވީއެވެ.
"ކެން ގުޅީ، ކޮންމެވެސް ކަމެއްވެއްޖެހެން ހީވަނީ... އާރިކު މިކޮޅުގަ އުޅޭނެ، މިއަދު ދެން އަންނަކަހަލަ ވިސްނުމެއްނެތް." ލައިތުގެ ވިސްނުން ހުރި ގޮތް ބުންޏެވެ.
އޮފީހުން ނުކުތް ގޮތަށް ގެއާ ހަމައަށް ފޯރަންދެން ވެސް ލައިތު އިނީ ހާސްވެފައެވެ. ކެންޒާ ގުޅާފައި އާދެވިދާނެތޯ އެހީސުރެން އެކިއެކި ސުވާލުން ސިކުނޑި ފުރި ބަންޑުންވަނީއެވެ. ކެންޒާގެ އަޑުން އޭނާއަށް ކަމެއްވެއްޖެކަން ލައިތަށް ޔަގީންވެއެވެ. ކުރިއަށް ރޭވިފައި އޮތް ޙަފުލާ ކެންސަލް ކުރަން ޖެހިދާނެތީ އެކަމާ ވެސް އޭނާއަށް ވިސްނުނެވެ.
"ކެން، ކިހިނެއްވީ؟" ކޮޓަރިއަށް ވަދެވުމާއެކު ލައިތު އަހާލިއެވެ.
ހިމޭންވެފައި އެނދުގައި އިން ކެންޒާ ކައިރީ އިށީނުމަށް ލައިތަށް އިޝާރާތްކުރިއެވެ. އެނދުމަތީ ދަބަސް ބަހައްޓަމުން ލައިތު އަވަހަށް އިށީނެވެ. ކަންބޮޑުވުމާއެކު ބަލަން އިން ލައިތާ ނަޒަރު ސީދާކޮށްލައިގެން ކެންޒާ އިނެވެ.
"ވަޓްސް ރޯންގް؟" ހިމޭންކަން ދިގުލާތީ ލައިތަށް ބުނެވުނެވެ.
"އައި ތިންކް... އައި އޭމް ޕްރެގް." ލަސްލަހުން ކެންޒާ ބުނެލީ ބަނޑުގައި އަތްޖައްސާލަމުންނެވެ.
"ޑަކްޓަރަކަށް... ވެއިޓް!... ވަޓް!..." ލައިތަށް ކެންޒާ ބުނި އެއްޗެއް ފަހުމްވާން ހިނދުކޮޅެއް ނެގިއެވެ. ދެ ލޯ ބޮޑުކޮށްލެވުމާއެކު އޭނާ އިރުކޮޅަކަށް ގަނޑުވެފައި އިނެވެ. ދެން ކަޓެއްހެން ތެދުވެފައި ކެންޒާގެ ކުރިމަތީ ކުޑަކަކޫ ޖަހާލިއެވެ.
"އައި އޭމް ގޮނާ ބީ އަ ޑޭޑް... ސީރިއަސްލީ." ލައިތު އަހާލިއެވެ.
"ހީވަނީ... ވަރަށް ބޮޑަށް." ކެންޒާ ބުންޏެވެ. އުފާވެރިކަމުގެ ހުނުމަކާއެކު ކެންޒާގެ ގައިގާ ލައިތު ބައްދާލިއެވެ. އެއާއެކު ވަކިން އޭނާގެ ހުނުމުގެ އަޑު ބާރުވެލިއެވެ. ލޯބިވެޔޭ ތަކުރާރު ކުރަމުން ބޮސްދިނުންތަކުން ކެންޒާގެ މޫނު ލައިތު ފުރާލައިފިއެވެ.
ވަގުތުތަކެއް ހީއެއްގެ މައްޗަށް ދުއްވާނުލާ ކެންޒާ ގޮވައިގެން ލައިތު އަވަހަށް އައީ ހޮސްޕިޓަލަށެވެ. އަދި ގެއަށް އައި މަގުމަތީ ގޭގައި ބަލާނޭ ކިޓެއް ވެސް ގެނެއެވެ. އެއަށް ބަރޯސާ ވުމަށްވުރެ ލައިތު ބޭނުންވީ ޑަކްޓަރުންގެ ކިބައިން ޔަގީންކަމެވެ. އެހެންވިޔަސް ގޭގައި ވެސް ޓެސްޓު ކުރީއެވެ. އެ ޓެސްޓުން ދެއްކީ ކެންޒާ ބަނޑުބޮޑު ކަމަށެވެ. އެއަށް ބަލަން ހުރި ލައިތުގެ ހިނިތުންވުން ފުޅާވެލިތަން ފެނުނެވެ. ކެންޒާގެ ގައިގާ އޮޅުލައިގަތެވެ. އުރާލާފައި ތިރީގަ ބެހެއްޓުމާއެކު ލައިތު ލޯބިން ބޮސްދިނެވެ.
"ހަމަމިހާރު، މިވަގުތު... ކެން ބޭނުން އެއްޗެއް ބުނޭ... ބުނި ކޮންމެ އެއްޗެއް ދޭނަން، އަވަހަށް ބުނޭ." ހިތްއަވަސްވެ އުފާވެފައި ހުރިވަރުން ލައިތަށް ހަދާނޭ ގޮތެއް ނޭނގިގެން އުޅޭ ކަހަލައެވެ.
"ރައިޒަން... އަހަރެންނަށް ރައިޒަން ލިބިއްޖެ، ހީ އިޒް ނޮޓް ކާސްޑް، ކުރިން ވެސް އެއީ ރީތި ހިތެއް ލިބިފައިވާ ޕްރިންސެއް، ފަހުން އަހަންނާ ބައްދަލުވިއިރު، އަހަރެން ބޮސްދިނުމުގެ މާ ކުރީން އޭނާ ކިންގަކަށް ވެއްޖެ، ކުޑަކޮށް ހިކުނަސް... މީ އެ ކިންގުގެ ޕެންޑާ. ދެޓްސް މޯ ދެން އިނަފް." ލައިތުގެ މޭގައި ފިރުމަމުން ކެންޒާ ބުނީ ހިނިތުންވެ ހުރެއެވެ. ދެން ފައިގެ ކުރިން ހަށިގަނޑު ހިއްލާލައި ލައިތުގެ ކޯތާފަތުގައި ބޮސްދީފިއެވެ.
ކެންޒާގެ ކިޔެވުން ނިމި، އޭނާގެ ކޯސް ފުރިހަމަ ކުރުމުގެ ސަނަދު ވެސް ލިބިއްޖެއެވެ. ދެން އޮތީ މުސްތަޤުބަލުގައި އޭގެ ބޭނުން ހިފުމަށް ކެންޒާ ދެކެމުން އަންނަ ހުވަފެންތަކެވެ. ވަޒީފާއެއް ހޯދިޔަސް ނޫނީ އިތުރަށް ކިޔަވަން ކެންޒާ ގަސްދުކުރި ނަމަވެސް ލައިތު އޮތީ އެ ފުރުޞަތު ހުޅުވާލާފައެވެ. އެހެންނަމަވެސް އޭގެ ކުރީން ލައިތު އެދުނީ ޢާއިލާއާއި ތިމާގެ މީހުންނާއި ރައްޓެހިންނަށް ޓަކައި ކައިވެންޏާ ގުޅުވައި ޙަފުލާއެއް ބޭއްވުމަށެވެ. އަވަސްގޮތަކަށް ކުއްލިއަކަށް ކުރެވުނު ކައިވެނީގެ ސަބަބުން އެ އުފާވެރިކަމުގައި ބައިވެރިވާން ބޭނުންވި އެތައްބަޔަކަށް އެ ފުރުޞަތު ނުލިބު އޮތުމުންނެވެ. އެ ޚިޔާލު ޢާއިލާއާ ޚިއްޞާ ކުރުމުން އެންމެން ވެސް ތިބީ އެކަމަށް އެދިއެދިކަން އެނގުނެވެ. ކުރިއަށް އޮތް ހުކުރުވިލޭރެއަށް ހުރިހާ ކަމެއް އޮތީ ހަމަޖެހި ނިމިފައެވެ. ޢާއިލާއެއް ބިނާކުރުމުގެ ވިސްނުން އެ ދެމަފިރިންގެ އޮތީ އެއަށްފަހުއެވެ. ބަލައިގެން އުޅުނަސް ލައިތުގެ ކެތްތެރިކަން ގެއްލޭ ފަހަރުތަކުގައި ގޯސް އައީ ހެދެމުންނެވެ. ކެންޒާގެ ފަރާތުން އެ ފެނުނީ އެކަމުގެ ނަތީޖާއެވެ. ކުރިއަށް ރޭވިފައި ނެތް ނަމަވެސް ކެންޒާ ބަނޑުބޮޑުކަން އެނގުމުން އުފާވެރިކަންވީ އިތުރެވެ. އެ ޚަބަރާއެކު ޢާއިލާއަށް ލިބެން އުޅޭ އުފާވެރިކަން ދެގުނައަށް އިތުރުވާނެއެވެ. ޒުބިންގެ ދަރިއަކަށް ލައިރާ ވެސް އިނީ ބަލިވެއެވެ. އޭނާގެ ބަނޑަށް ކިރިޔާ ހަތަރު މަސް ފުރުނީއެވެ.
"ކޮންއިރަކުން ބުނާނީ؟" ކެންޒާ އަހާލީ އަންނަން އުޅޭ އުފާވެރިކަމުގެ ޚަބަރު ޢާއިލާއާ ޚިއްޞާކުރާނޭ ވަގުތެކެވެ.
"ޕާޓީއަށްފަހު ކިހިނެއްވާނީ؟" ލައިތު ޚިޔާލު ފާޅުކުރިއެވެ. ކެންޒާއަށް އެގޮތް ވެސް ރަނގަޅެވެ.
"އިސްކަންދަރުގެ ދަރިންފަތި ގޮވައިގެން ދެން އުޅެގެން ނުވާނެ، މަށަށްވުރެ ގިނައިން އޭނާ ކެންޒާގެ ގައިގާ އުނގުޅޭނެ. އަދި އެ ބީފާނުގެ ފްލާޓީކަން ވަކިން ބޮޑުވާނެ." ލައިތު ބުނެލި ގޮތުން ކެންޒާއަށް ހެވުނެވެ. ގޭގައި މާމަ ގެންގުޅޭ ބުޅާތަކާ ވިއްދާ ލައިތު ވާހަކަދެއްކި އިރު ހީވީ އެއީ ވެސް އެގޭގައި ދިރިއުޅޭ އިންސާނުންތަކެއް ހެންނެވެ.
* * * * *
ބުރާސްފަތި ދުވަހު ހެނދުނު ތެދުވީއްސުރެ ކެންޒާގެ ގާތުން ލައިތު ދުރަށް ނުދެއެވެ. އޭނާ އޮފީހަށް ނުނިކުންނާނޭކަން ދެ ލޯ ހުޅުވުމާއެކު ޔާދިންއަށް އަންގައިފިއެވެ. އެރެއަށް އޮތް ކައިވެނި ޕާޓީގެ ކަންކަމަށް ކެންޒާ ތައްޔާރުވުމުގައި އުޅުންއިރު އޭނާ ވަރުބަލިވިޔަ ނުދޭން ލައިތު ހުންނަނީ ބަލަބަލައެވެ. ފެންބޮއެތޯ ބަލައެވެ. އެންމެން ވެސް ހީކުރީ އެރޭގެ ޙަފުލާގެ ޚާއްޞަކަމުން ކެންޒާއަށް ލައިތު ދޭ ސަމާލުކަމެއް ކަމުގައެވެ. ކެންޒާ އެރި އުސް ބޫޓު އެންމެ ފަހުވަގުތު ލައިތަށް ކަމަކު ނުދިޔައެވެ. އެކަމާ އެންމެންނާ ދެބަސްވުމުގައި އެތައް އިރެއް ބޭކާރުވިއެވެ. އެހެންނަމަވެސް ކެންޒާ ދިން ޔަގީންކަމުގައި ލައިތު އެއްބަސްވީއެވެ. ރޭގަނޑު ހަތެއް ޖަހަންވީއިރު އެންމެން ގެއިން ނުކުތީ ޙަފުލާ އޮންނަ ތަނަށް ދާށެވެ.
ކުޑަކޮށް އުސްކޮށް ހަދާފައި ހުރި އިސްޓޭޖު މަތީ ލައިތުގެ ގާތުގައި ކެންޒާ ހުއްޓެވެ. އެމީހުންގެ ފަހަތުގައި ޝާހީ ފަރުމާއަކަށް ހުރި ޝެއިޒް ލައުންޖު ސޯފާއެއް ބެހެއްޓިފައި ހުއްޓެވެ. އެއީ އެންމެ ފަހުވަގުތު ލައިތު އިތުރު ކުރުވި އެއްޗެކެވެ. އޭގެ އެއްފަރާތުގައި ހުރި ކުޑަ ވަށްމޭޒުގެ މަތީ އެ ދެމަފިރިންނަށް ޚާއްޞަކޮށް ދެ ފެންފުޅި ހުއްޓެވެ. ދިގު އިސްތަށިގަނޑު މައްޗަށް ވާހެން ނަގައި ކުޑަކޮށްލެވިފައިވާއިރު ބޮލުގައި އިން ރިހިކުލައިގެ "ޓިއާރާ"އާއި ލޭސްފޮތީގެ ހުދު ކައިވެނި ހެދުމުގައި ކެންޒާއެކޭ "ޕްރިންސެސް"އެކޭ އެއްވެސް ތަފާތެއް ނެތެވެ. ކަޅުކުލައިގެ "ޓަކްސް"ގައި ލައިތުގެ ފުޅާ ދެކޮނޑާއި ތެދު ހަށިގަނޑު ފެންނަނީ ނުހަނު ހިތްގައިމުކަމާއި ފިރިހެން ވަންތަކޮށެވެ. މުޅި މާޙައުލު ހީވަނީ ބަހާރު މޫސުން އައިސްފައި އޮތް ބަގީޗާއެއް ހެންނެވެ. އެ ބޮޑު ހޯލަށް މެހެމާނުން ވަދެ ނުކުމެވެއެވެ. ޢާއިލާގެ އެންމެންހެން އެ ދެމަފިރިން ފެންނަ ހިސާބުގައި މަޑުކޮށްލައިގެން ތިއްބެވެ. ލައިތުގެ ޒަމާންވީ އެކުވެރިޔާ، ބިންޏާމީން ރާއްޖެ އައީ ސީދާ އެ ޙަފުލާގައި ބައިވެރިވުމަށެވެ. އޭނާއާއެކު އަނބިމީހާ އަރުމީން ވެސް ހުއްޓެވެ. ޝޯހު ވާވަރުގެ އެ ޙަފުލާއަށް ބިންޏާމީން ތަޢުރީފު ކުރިއެވެ. ދެމަފިރިންނަށް އުފާފާގަތިކަމާއި ގިނަ ދަރީން ދެއްވުމަށް އޭނާ ދުޢާކުރިއެވެ. ނިކަން އަވަހަށް ލައިތު އެކަމަށް ޝުކުރުކުރީ ހެމުންހެމުންނެވެ. އަދި ގިނަ ދަރީން އޭނާ ބޭނުމޭ ބުނެލީ ލާނެތް ގޮތަކަށް ކެންޒާއަށް އަވަސް ނަޒަރެއް ދެމުންނެވެ.
އަޒްހަރު އެދުމުން ވެސް ލައިތުގެ ދެމަފިރިންނަށް ތަހުނިޔާ ކިޔަން ހިރާ ކައިރިއެއް ނުވިއެވެ. ތިމާގެ އެހެން ކުދީންނާއެކު މޭޒެއްގެ ދޮށުގައި އޭނާ އިނީ ފޫހިވެފައެވެ. އޭނާ އެތަނަށް އައީ ވެސް ބައްޕަ ބާރުއެޅިވަރުންނެވެ. ކެންޒާއާ ދިމާއަށް ލައިތުގެ ނަޒަރު ހުއްޓޭ ކޮންމެ ފަހަރަކު ތަފާތު އުފާވެރިކަމެއް އެ މޫނުން ފާޅުވާކަން ހިރާއަށް ފާހަގަވިއެވެ. ތުންފިއްތާލެވެނީ އެހެންވެއެވެ. ލައިތު ދެކެ ލޯބިވިޔަސް، އެ ޖަޒުބާތުތަކުން ތަކުލީފު ނޫނީ ނުލިބޭނެކަން ހިރާއަށް ވިސްނެއެވެ. ދެ ހަށިގަނޑުގެ ގުޅުމަކީ އަދި ހިތުގެ ގުޅުމެއްނޫނެވެ. ހިރާއާއި ލައިތާ ދެމެދު އޮތީ ހަށިގަނޑުގެ ގުޅުމެކެވެ. ލައިތުގެ ހިތާ ހަމައަށް އެއްވެސް އަންހެންކުއްޖަކަށް ވާސިލުވިޔަ އޭނާ ނުދެއެވެ. އެއީ ހިރާ ވިޔަސްއެވެ. އެކަން ޚުދު ހިރާއަށް އެނގެއެވެ. އެތައްފަހަރަކު އެތައް ގޮތަކުން ތަކުރާރުކޮށް އޭނާގެ މީހަކަށް ލައިތު ނުވާނޭކަން ބުނީ ޚުދު ލައިތު އަމިއްލައަށެވެ. އެއްވެސް މީހަކަށް ހިތް ނުދޭން ހުރި ލައިތު ކުއްލިއަކަށް ބަދަލުވީއެވެ. އޭނާ ކެންޒާއާއެކު ފެންނައިރު ހިރާ ދަންނަ ލައިތުގެ ސިފަތަކެއް ނުފެނެއެވެ. މުޅި މީހާއަށް ފެންނަނީ ބަދަލު އައިސްފައިވާތީއެވެ.
"އަހަރެންގެ ފުށުން ނުފެނުނު ކޮންކަމެއް ލައިތަށް އޭނާގެ ފަރާތުން ފެނުނީ..." ހިރާއަށް ރޮވޭގޮތް ވިއެވެ. އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލައި މޭޒުމަތިން ޓިޝޫއެއް ނަގައި ލޯ ކައިރީ ޖައްސާލިއެވެ. އަދި އަމިއްލަ ހިތަށް ތަދުކުރަން އެ މަންޒަރުތައް ބަލަން އިނުމުގެ ބޭނުމެއްނެތްކަން ހިރާއަށް ޤަބޫލުކުރެވުނު ހިނދު އޭނާ މޭޒުދޮށުން ތެދުވިއެވެ. އެންމެންގެ ލޯތަކުން ރެކެމުން އެ ހޯލުން ނުކުތީ ގެއަށް ދިއުމަށެވެ. ލައިތުގެ ޚިޔާލުތައް ދޫކޮށްލާފައެވެ. ދެން އެނބުރި ލައިތަށް ބަލާލަން ބޭނުންނުވެފައި ހުރެއެވެ. އޮޅިގެން ވެސް އޭނާއަށް ލައިތު ނުބަލާނޭކަން ޔަގީންވާތީއެވެ.
އެތައްބައެއްގެ ސަމާލުކަން ލިބި އެންމެން އާޝޯހުކޮށްލިވަރުގެ ކުލަގަދަ ބޮޑު ޙަފުލާއަކަށް އެ ކައިވެނި ޕާޓީ ވިއެވެ. ހުވަފެނުން ވެސް މިފަދަ ދުވަހެއް އަތުވެދާނޭކަމަށް ކެންޒާ ނުދެކެއެވެ. އޭނާގެ ހުވަފެންތަކާއި އުންމީދުތައް ލައިތާ ކައިވެނި ކުރި ހިނދުން ފެށިގެން ހާސިލުވެއްޖެއެވެ. މި ފެންނަނީ ލައިތުގެ ހިތުގައި އޮތް ފުން ލޯބިކަން ޔަގީނެވެ. ފުދި އިތުރުވާވަރަށް އޭނާ ކެންޒާދެކެ ލޯބިވާކަން ޚުދު ކެންޒާއަށް އެނގެއެވެ.
ޙަފުލާ ނިންމާފައި ލައިތު އައީ ކެންޒާ ގޮވައިގެން އޭނާގެ ޕެންޓްހައުސްއަށެވެ. ދޮރުހުޅުވާލި ވަގުތުން ފެށިގެން އަނެއްކާ ވެސް ބަގީޗާއަކަށް ކެންޒާ ގޮވައިގެން ލައިތު ވަން ކަހަލައެވެ. ހައިރާންކަމެއް ކެންޒާއަށް ލިބުނީ ލައިތުގެ ކޮޓަރިއާ ދިމާއަށް އަންނަންފެށީއެވެ. ޕެންޓްހައުސްގައި ހުންނަ ލައިތުގެ ނިދާކޮޓަރިއަށް އެއްފަހަރު ވެސް ކެންޒާ ނުވަދެއެވެ. ލައިތު އެ ފުރުޞަތެއް ނުވެސް ދެއެވެ. ހިތްއަވަސްވެލުމުން ތިރީތުންފަތުގައި ކެންޒާއަށް ދަތްއަޅާލެވުނެވެ. އަނބިމީހާގެ ހަރަކާތްތައް ފެނި ލައިތަށް ހީނލެވުނެވެ.
"އައި ނޯ... އައި ނޯ ބޭބީ... މިކޮޓަރީގެ ހުރިހާ އެއްޗެއް އަހަރެން ބަދަލުކުރީ، އަހަރެންގެ އަނބިމީހާއަށް ޓަކައި، މީ އަހަރެމެންގެ... ޔޫ ނޯ... ކުޑަކޮށް މަޖާކޮށްލަންވީމަ އަންނަން އޮތްތަން." ލާނެތް ހިންޏެއް އައިސްފައި ހުރެ ލައިތު ބުނެލިއެވެ.
ކޮޓަރިއަށް ވަދެ އެނދުގައި ކެންޒާ ބޭންދިއިރު އެ އެނދުމަތީ ރަތްފިނިފެންމަލުން ބޯ ރަޖައެއް ލެވިފައިވާ ކަހަލައެވެ. ދެފަރާތުން އެނދުގައި ކެންޒާއަށް އަތްހާކާލެވުނެވެ. ފިނިފެންމާތަކުގެ ފިޔަތަކާ ކުޅެލެވުނެވެ.
* * * * *
ޖެހިގެން އައި ދުވަހު ހެނދުނުގެ ނާސްތާގައި ބައިވެރިވާން ހ.މަހަލްއަށް އައިސް ކެންޒާ ބަނޑުބޮޑު ކަމުގެ ޚަބަރު ލައިތު ދިނީ ހުރިހާ މެންބަރުންނަށް އެއްފަހަރާއެވެ. އޭރު ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ކެންޒާއަށް އަސަދު ދިއްކޮށްލި ސިޓީއުރައިގަ އޮތް އެއްޗެއް ނުބެލެއެވެ. އެންމެ ބާރަށް ހަޅޭލަވައިގަތީ ލައިރާއެވެ. ޒުބިން އަނބިމީހާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ހަމައެހާ އަވަހަށް މާމަގެ ގާތުން ލައިރާ މަޢާފަށް ވެސް އެދުނެވެ. ލައިތުގެ ކޮނޑުގައި ޔާދިން ޖަހާލިއިރު، އަނެއްފަރާތުން ސެހްރާނު އައިސް ބައްދައިލައިފިއެވެ. ފަރުޒީނަށް ގޮނޑިއަކު ނީނދެވުނެވެ. ކެންޒާއަށް ދެއަތް ދިއްކޮށްލައިގެން ހުރެ އައެވެ. އިންތަނުން ތެދުވެލުމާއެކު ފަރުޒީނުގެ އެދުން ކެންޒާ ފުރިހަމަކޮށްދިނެވެ. ކެންޒާގެ ބޮލުގައި ބޮސްދިނުމާއެކު މިފަހަރު ދެ ޢީދު ކައިރިކައިރީ އަންނާނޭ ފަރުޒީނު ބުނެލިއެވެ. ކެންޒާގެ ގައިގާ ހިފަހައްޓާލައިގެން ހުރެ އަނެއް އަތުން ލައިތުގެ ބޮލުގައި ފަރުޒީނު ފިރުމާލިއެވެ.
ލައިތަށް ބަލަން އަސަދަށް އިނދެވުނީ ނިފްރާގެ ޚިޔާލަށް ގެއްލިފައެވެ. އަސަދުގެ ހަޔާތުން އުނިވާ ހަމައެކަނި އުފާވެރިކަމަކީ އެއީއެވެ. މިއަދުމީ އޭނާއާއެކު ނިފްރާ ހުންނަޖެހޭ ކަހަލަ ދުވަހެކެވެ. ލައިތާ ގުޅިފައިވާ ކޮންމެ ކަމެއްގައި އޭނާގެ ގާތުގައި ނިފްރާ ހުންނަން ނުހަނު ބޮޑަށް އެދެވެއެވެ.
އަޑުފަށްގަނޑު މަޑުވެ އެންމެން މޭޒުދޮށުގައި ހަމަޖެހުމުން ސިޓީއުރަ ކެންޒާ ބަލާލިއެވެ. ދެންތިބި މެންބަރުން ބަލަން ތިބި ގޮތުން އެމީހުންނަށް އެއީ ކޮންއެއްޗެއްކަން އެނގޭ ކަހަލައެވެ. ސިޓީއުރައިގަ އޮތީ ދެ ކަރުދާސްކޮޅެވެ. ނިއުރިޝަނިސްޓަކަށް ވާން އިތުރަށް ކިޔެވުމަށް އޮތް ފުރުޞަތަކާއި މާލޭގައި ކެންޒާއަށް ރެސްޓޯރެންޓް ހުޅުވުމަށް އޮތް ފުރުޞަތެވެ. ފުޅާވެލި ހިނިތުންވުމާއެކު ކެންޒާގެ ހުރިހާ ދަތެއް ފާޅުވެލިއެވެ. ވަށައިގެން ފެންނަން ތިބީ ކެންޒާގެ ނަސީބުކަން ޚުދު އޭނާގެ ޟަމީރު އެއްބަސްވިއެވެ.
"ކަމުދޭތަ؟" އެންމެންނަށްވުރެ ކުރީން ލައިތު އަހާލިއެވެ.
"ރައިޒަން..." ނިކަން ހިނިއައިސްފަ އިނދެ ކެންޒާ ގޮވާލިއެވެ. ކެންޒާ ބޭނުންވާނީ ކޮންކަމެއްކަން އަސަދަށް ބުނެދިނީ ލައިތެވެ.
"ދިސް އިޒް ޕާފެކްޓް، ތެންކިއު ބައްޕާ." ކެންޒާ ލިބުނު އުފާވެރިކަން އެ މޫނުން ފާޅުވޭވޭ ހުއްޓެވެ. ހިނިތުންވުމަކާއެކު އަސަދު ބޯޖަހާލިއެވެ. މިފަހަރު ނިފްރާގެ ހަނދާން އަސަދަށް ކޮށްދިނީ ކެންޒާއެވެ. ލައިތަށް ރައިޒަންގެ ނަމުން އެކުއްޖާ މުޚާޠަބުކުރާ ކޮންމެ ފަހަރަކު ދުނިޔެއިން އެންމެ ލޯބިވި އިންސާނާ މަތިން އަސަދަށް ހަނދާންވާނެއެވެ. ރައިޒަންއަކީ ދަރިފުޅަށް ނަންކީސުރެ ނިފްރާ ބޭނުންކުރަމުން އައި ނަމެވެ.
ޚިޔާލުގެ ކަނޑުގައި ބެހެމުން އަސަދު ދިޔައެވެ. މާޒީގެ ތެރެއަށެވެ. ނިފްރާއާ ބައްދަލުވީ ރާއްޖޭން ބޭރުންނެވެ. އަމިއްލަ ފަރާތަކުން ދިން ސްކޮލަޝިޕްގައި ކިޔަވަން ހުއްޓައެވެ. އޭރު އަސަދުގެ ކިޔެވުން ވެސް ކުރިއަށް ދަނީއެވެ. ނިފްރާގެ ރީތިކަމާއި އޭނާގެ ލަދުވެތިކަމަށް އަސަދުގެ ހިތްދޫވީ ބޭއިޚްތިޔާރުގައެވެ. ދެމީހުން ރައްޓެހިވެގެން އުޅުމަށްފަހު އަސަދުގެ ކިޔެވުން ނިމުނީމައި މާލެ އައީއެވެ. އެހެންވިޔަސް ދެމެދުގައި އޮތް ގުޅުން ނިމުމަކަށް ނާދެއެވެ. ކައިވެނީގެ ވާހަކަ ބައްޕަ، ގާލިބު ދެއްކުމުން ރޫމާން އަސަދުގެ ފުރަތަމަ އިޚްތިޔާރަކަށްވީ ނިފްރާއެވެ. ދިރިއުޅުމުގެ ހަޤީޤީ އުފާވެރިކަން ހޯދައިދެވޭނެ އަންހެނަކީ އެއީއެވެ. ނިފްރާގެ ހަޤީޤަތް ޤާލިބު ހޯދީ ނުހަނު އަވަހަށެވެ. ނިފްރާ އަންނަންވީއިރު އަސަދު ހުރީ މީހެއްގެ ފިރިއަކަށްވެފައެވެ. އެހެންވިޔަސް ދެ މީހުން ބައްދަލުކުރިއެވެ. އަންހެނަކަށްޓަކައި އަސަދުގެ ލޮލުން ކަރުނަ އޮހުރުނު ހަމައެކަނި މީހަކީ ނިފްރާއެވެ. މީހެއްގެ ފިރިއަކާއެކު ނަހަމަ ގުޅުމެއް ހިންގާ އަންހެނެއްކަމުގައި ނިފްރާ ވާން ދެކޮޅު ހެދިއެވެ. އެފަދައިން ނިފްރާއާމެދު ޢަމަލުކުރާ މީހަކަށްވާން ޚުދު އަސަދު ވެސް ނޭދެއެވެ. ދުރުވާން ފުރުޞަތު ނުދިނީ ދެ ހިތުގައި ފުންވެފައިވި ލޯތްބެވެ. ގާތްނުވާން ކުރި ވަޢުދާއި މަސައްކަތް ބޭކާރުވެ ނަފްސުގެ ހިފެހެއްޓުން ދެ މީހުންގެ ވެސް ގެއްލުނީ ރޭގަނޑުގެ އަނދިރިކަމުގައި ނިފްރާގެ ގޭގައި އެކަނިވީ ވަގުތެވެ. ދެއަނތްބަށް ނިފްރާއާ އިންނަން ނިންމީ ދުރުގައި ނުތިބޭނެކަން ޔަގީންވެގެންނެވެ. އަސަދު ހުރިނަމަ ނިފްރާ ހުރިހާކަމަކަށް ކެތްކުރާނޭކަން ބުންޏެވެ. ދެމީހުން ކައިވެނި ކުރީ ރާއްޖޭން ބޭރުގައެވެ. އޭރު ގޭގައި އަލަތުއަނބިމީހާ ސަރަފީނާ އިނެވެ. އޭނާއަށް ހުރިހާކަމެއް އަސަދު އޮޅުންފިލުވައިދިނެވެ. އެހިތުގައި ޖެހޭނެކަން އެނގިހުރެއެވެ. އެކަމަކު އޭނާގެ ނަސީބު ހިނިތުންވެލީއެވެ. ސަރަފީނާއަކީ ކެތްތެރި އަންހެނެއްކަން އޭނާ ރޫމާން އަސަދަށް ސާބިތުކޮށްދިނެވެ. ސަރަފީނާގެ ފަރާތުން ޔާދިން އުފަންވެ ގިނަ މަސްތަކެއް ނުވެ ނިފްރާ ވެސް ވިހެއީ ފިރިހެން ކުއްޖެކެވެ. އެއީ ރައިޒަން ލައިތެވެ. ގާލިބުގެ ނުރުހުން އިންތިހާއަށް ދިޔައީ އެހިނދުއެވެ. ދަރިފުޅާއި ނިފްރާއަށް ޓަކައި ދުރުގައި ހުންނަން ޖެހުމުން އަސަދުގެ ހިތް ވެސް ރުޔެވެ. ދަރިފުޅު ބޮޑުވަމުން އައިއިރު އެ ދަރިފުޅަށް އަސަދު ބަލަން ޖެހުނީ ދުރުގައި ހުރެގެންނެވެ. އެންމެ ކުޑަމިނުން އޭނާގެ ދަރިއަކަށްވެ ހުރެ އޭނާގެ ނަން ވެސް ލައިތުގެ ނަމާ ގުޅުވިޔަ ގާލިބު ނުދިނީއެވެ. ނިފްރާގެ ގާތުން އަސަދު ބޭނުންވީ އެންމެ ކުއްޖެއްނޫނެވެ. އެކަމަކު އެ ފުރުޞަތު ވެސް އޭނާއަށް ގެއްލުނީއެވެ. ގާތަށް އަނބިމީހާއާއި ދަރިފުޅު ގެންނަންވީ ވަގުތު ޖެހުނުއިރު އޭނާއާ އަބަދުގެ އަބަދަށް ނިފްރާ ވަކިވީއެވެ.
ދަރިފުޅުގެ ވާހަކަތައް އަސަދަށް ނިފްރާ ކިޔައިދެނީ ފޯނުންނެވެ. އެ ދެމައިންނަށް ފައިސާ ފޮނުވަނީ އަސަދުގެ އަމިއްލަ ޖީބުންނެވެ. ނިފްރާ ވަކިވެގެން ދިއުމުގެ ކުރީން އެންމެ ފަހުން އޭނާ އަސަދާ ދެއްކި ވާހަކަ އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. ފަނަރައަހަރު ފުރެން އުޅޭއިރު އެކުއްޖާ އެންމެ ބޭނުންވަނީ ބައިސްކަލެއްކަމެވެ. އަދި ލައިތަށް އަންހެންކުދީން ކަމުދާން ފަށައިފިއޭ ނިފްރާ ބުނީ ހެމުންނެވެ. ގެއަށް ގެންނަން ހުއްދަ ހޯދިކަމާއި އެކަމާ ނިފްރާ އެއްބަސްވެއްޖެއިމޭ ވެސް ބުންޏެވެ. ނޭނގި ހުއްޓާ އަހަރެމެންގެ ދަރިފުޅު ބޮޑުވެއްޖޭ ނިފްރާ ބުންޏެވެ. ލައިތު މީހަކާ އިނދެ މާމަދަރީން ގޮވައިގެން އުޅޭންޖެހޭ ދުވަސް ދުރެއްނޫނޭ ބުނެ ނިފްރާ ސަމާސާކުރިއެވެ.
ޚިޔާލުތަކުގެ ތެރެއިން އަސަދު ހިނިތުންވެލިއެވެ. ކަނާއަތުލުގެ ބޮޑުވައި އިނގިލިން ލޯކައިރި ފުހެލިއެވެ. އެހިނދު ސަރަފީނާ އޭނާގެ ކޮނޑުގައި ފިރުމާލިއެވެ. ކިހިނެއްވީތޯ އަހާލީ ބޮލުން ކޮއްލި އިޝާރާތުންނެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ލަމުން އަސަދު ދެފަރާތަށް ބޯހޫރާލީ މަޑުމަޑުންނެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ މޭޒުދޮށުގައި ތިބި ލައިތާއާއި ކެންޒާއަށެވެ. އެ ދެކުދީން އެކަކުއަނެކަކަށް ލޯބިން ބަދަލުކޮށްލައި ހިނިތުންވުންތަކާއި އެ ބަލާލައި ގޮތް ސިއްރެއްނުވެއެވެ. އެ ދުވަހު ލައިތަށް ކަމުގޮސްގެން ނިފްރާގެ ގާތުން ހުއްދައަށް އެދުނީ ކެންޒާ ގެންނަންކަން އަސަދަށް އެނގިއްޖެއެވެ. މިއީ ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ. ނިފްރާ ދުނިޔޭގައި ހުރިނަމަ އޭނާ ވެސް ކެންޒާ ބަލައިގަންނާނޭކަން އަސަދަށް ޔަގީންވެއެވެ.
ނާސްތާއަށް ފަހު މޭޒުދޮށުން ތެދުވެ އެކިމީހުން އެކިދިމާއަށް ގޮސް ގެއްލުނެވެ. ޔާދިންއާއި ސެހްރާނު ހަޔާތުގެ ބައިވެރިއަކު ހޯދުމަކަށް މަސައްކަތެއް ނުކުރެއެވެ. އެމީހުންވެސް ތިބީ އެ ޚާއްޞަ ކުއްޖާ އެމީހުންގެ ގާތަށް އަންނަންދެނެވެ. އެކަމަކު އެއީ ކޮންދުވަހަކުން ކަމެއް ނޭނގެއެވެ. އެހެންވިޔަސް ތަޤުދީރަށް ދޫކޮށްލައިގެން ކަހަލައެވެ.
ލައިތު ތެދުވެ ދިއްކޮށްލި އަތުގައި ކެންޒާ ހިފާލިއެވެ. މޭޒުދޮށުން ތެދުވެ ދެ ޒުވާނުން އެކުގައި ނުކުތީ ގޭގެ ބިއްދޮށް ފަރާތަށެވެ. ފަތާފެންގަނޑު ކައިރިއަށް ލައިތާއެކު ކެންޒާ ނުކުތެވެ.
"އެންމެ ބޮޑު ޝުކުރެއް އަސްލު ހައްޤުވަނީ މާމައަށް، މިގެއަށް... އަހަންނާ ހަމައަށް ކެން ގެނެސްދިނީ މާމަ." ކެންޒާގެ އަތުގައި ހިފާލައިގެން ފަތާފެންގަނޑު ކައިރީ ހުރި ބީޗްގޮނޑިތަކުން ގޮނޑިއެއްގައި ލައިތު އިށީނެވެ. ދެފައި ގޮނޑީގެ ދެފަރާށް ބާލައި މެދުގައި ކެންޒާ ބޭންދިއެވެ.
"އެވްރިތިންގް އިޒް ޑެސްޓިނީ، ކޮންމެގޮތަކަށް ވިޔަސް ރައިޒަންއާ ބައްދަލުވި ހިސާބުން އަހަރެންގެ ދިރިއުޅުން ބަދަލުވެއްޖެ، މިހާ އުފާނުވޭ ދުވަހަކުވެސް ހިޔެއްނުކުރަން، ބިރުވެސް ގަނޭ... މުބީން ނަޔަސް އޭނަ އަލުން އަތުވެދާނޭތީ، ބައްޕަ ޖަލުން މިނިވަންވެދާނެތީ." ކެންޒާ ބުންޏެވެ.
"ކެން... އެކަމާ ނުވިސްނަބާ، އަހަރެން ތޯމަސް ދިން ނަންބަރަށް ގުޅިން، އޭނާ ހުރީ މޮޔައިގެންގެ މަރުކަޒެއްގަ، ދެން ކެންގެ ބައްޕަ، އެ ހަމީމު އުމުރަށް އެތެރެވެފަ އެހުރީ، ޑީލްއެއް މޭކްކުރިޔަ ނުދޭނަން، އަހަރެން އެވަރު ބަލަމޭ." ލައިތު ޔަގީންކަން ދިނެވެ.
"އޭނާ ޖަލުގަ ހުއްޓަސް، އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު އެގެއަށް ނުދާނަން." ކެންޒާ ބުންޏެވެ.
"އައި ލަވް ޔޫ ކެން، އައި ލަވް މައި ސެލްފް ވެން އައި އޭމް ވިތް ޔޫ، ތީ އަހަރެންގެ ދުނިޔެ، ކޮންމެ ހާލެއްގައިވިޔަސް އަހަރެން އެ ދުނިޔެ ރައްކާތެރިކުރާނަން، ކެންއާ ނުލާ އެއްވެސް ކަމެއް ފުރިހަމައެއްނުވާނެ، ޔޫ އާ އޯލް މައިން، މުޅި އުމުރަށް، އައި ވޯންޓް ލެޓް ޔޫ ގޯ... އައި ޕްރޮމިސް، ފޫހިވިޔަސް، ރުޅިއަޔަސް، ކޮންމެކަމެއް ވިޔަސް، މަރުވަންދެން އުޅެންޖެހޭނީ އަހަންނާއެކު، އައި ކާންޓް ސީ މައިސެލްފް ވިތައުޓް ޔޫ، އަހަރެމެންގެ ބޭބީ އަވަހަށް ލިބޭނެނަމަ ދޯ، ކުޑަކުޑަ ޕެންޑާއެއް ބޭނުމީ، އަހަރެން ވަރަށް ލޯބިވާނަން މިބޭބީދެކެ ވެސް، ކެންއަށް އެނގޭތަ، އަސްލު އަދިކިރިޔާ ދިރިއުޅުން މިފެށެނީ، ބޭބީ، އިންތިހާއަށް ލޯބިވޭ..." ލައިތު ލޯބިން ބުނެލިއެވެ. އަދި ކެންޒާގެ ބޮލުގައި ތުންފަތް ޖައްސާލުމާއެކު ބޮސްދީފިއެވެ.
"އައި ލަވް ޔޫ ޓޫ." ލޯބިން ކެންޒާ ބުނެލިއިރު، ދިރިއުޅުން ފުރިހަމަވެއްޖެކަމުގެ އިޙްސާސް އޭނާއަށް މިހާރު ކުރެވެއެވެ. ލައިތާއެކުވާ ކޮންމެ ދުވަހަކީ އުފާވެރި ދުވަހަކަށްވާނޭކަން ކެންޒާއަށް އެނގެއެވެ. އެއީ ކޮންމެ ހާލެއްގައި ވިޔަސްއެވެ. ދިރިއުޅުން ކުރިއަށް އަދި އޮތީކަން ދެ ޒުވާނުންނަށް ވެސް އެނގެއެވެ. ލައިތު ފަދައިން ކެންޒާއަށް ވެސް އިންތިޒާރުކުރެވެނީ އެމީހުންގެ ދަރިފުޅު އުފަންވާނޭ ދުވަހަކަށެވެ.
( ނިމުނީ )