އަލިފާން

ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގަައި ރޯވެއްޖެ

ތިލަފުށީގައި ޖެޓީގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.

އަލިފާން ރޯވެފައިވަނީ ތިލަފުށީ ވިލާ ޖެޓީ ސަރަހައްދުގައި އޮތް ދެ ދޯންޏެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގީ ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައެވެ. އަލިފާން ރޯވި އެއް ދޯނީގެ ވާ ކަނޑައިގެން ދިއުމުން އެ ދޯނި މިހާރު އޮޔާދާ ކަމަށް ސިފައިން ބުންޏެވެ.

އަދި ކަނޑުމަތީ އަލިފާން ނިންވަން ފަޔާމަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ހާދިސާގައި ދިވެއްސަކު ވަނީ ފިހިފައެވެ.