ތިލަފުށި ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގެ އަލިފާން ރޯވެއްޖެ އެވެ.
މީގެއިރުކޮޅެއް މިހާދިސާ ހިނގުމާ އެކު އެ ދޯނި ވަނީ ތިލަފުށި ފަޅުތެރެއިން ބޭރަށް ނެރެފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވި ވަގުތު ދޯނީގައި ތިބި އެއްވެސް މީހަކަށް އެެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި މިހާދިސާގެ ފޮޓޯތައް އާންމުކޮށްފައިވާއިރު ދޯނީގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފަ އެވެ.
އަލިފާން ރޯވާން ދިމާވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.
ސިފައިން ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.