ކ. ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.
މީގެއިރުކޮޅެއް ކުރިން މި ހާދިސާ ހިނގާފައިވާ ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ތިލަފުށީގައި ތިބޭ ސިފައިން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.
އަލިފާން ރޯވާން ދިމާވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.
ގުދަނުގައި ރޯވެފައިވާ އަލިފާންގަނޑާ އެކު މުޅި އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުން ބޯވެފައިވާ ކަމަށް ސޯޝަލްމީޑިއާގައި ހުރި ފޮޓޯތަކާއި ވީޑިއޯތަކުން ފެނެ އެެވެ.
އަލިފާނުގެ މިހާދިސާއާއި ގުޅިގެން ލިބުނު މާލީ ގެއްލުމުގެ ތަފްސީލެއްވެސް އަދި ލިބިފައެއް ނުވެ އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތުވެސް އަދި ލިބިފައެއް ނުވެ އެވެ.