އެމްއެންޑީއެފް

ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެ ހުރިހާ މުދަލެއް އަނދައިފި

ތިލަފުށީގައި ހުރި ގުދަނުގައި ރޯވި ވަގުތު ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

ކ. ތިލަފުށީގައި ހުރި ގުދަނެއްގައި މިއަދު އަލިފާން ރޯވުމާ ގުޅިގެން ގުދަނުގައި ހުރި ހާޑްވެއާ ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

މިއަދު މެންދުރު 2:30 ހާއިރު ހިނގި މިހާދިސާގައި އަލިފާން ރޯވި "ރާއްޖެ ލޮޖިސްޓިކްސް"ގެ ގުދަނުގައެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 2:35 ހާއިރު ކަމަށެވެ.

އަލިފާން ނިއްވާލީ ތިލަފުށީގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ފަޔަ ފައިޓަރުން އެތަނަށް ގޮސްގެންނެވެ.

އެމްއެންޑީއެފް އިން ބުނީ ސިފައިންގެ މަސައްކަތުން ގުދަނުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހަވީރު 3:35 ހާއިރު ކަމަށެވެ.

މި ހާދިސާގައި ގުދަނުގައި ހުރި ހާޑްވެއާ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކަމަށާއި އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ.

ގުދަނުގައި ހުރީ ކިހާ އަދަދެއްގެ ސާމާނެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ. ގުދަނުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ވެސް އެމްއެންޑީއެފް އިން އަދި ނުބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345