އެމްއެންޑީއެފް

ލަކުނޑި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް

ތިލަފުށީގައި ހުންނަ ލަކުނޑި ގުދަނެތްގައި އަލިފާނު ހާދިސާއެއް ހިނގައިފި އެވެ.

ސިފައިންގެއިން ބުނީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ ޓިމްބާ ހައުސް ނަމަކަށް ކިޔާ ގުދަނެއްގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

އެމްއެންޑީއެފް އަށް މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:05 ހާއިރު އެވެ.

އަލިފާނުގެ މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން އެ ސަރަހައްދަށް ގޮސް 10:25 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވެ އެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މާލޭ ސަރަހައްދުއްގައި ހުންނަ ގުދަންތަކުގައި އަލިފާނުގެ ހާދިސާތައް ވަރަށް ގިނައިން ހިނގާ މަންޒަރު ފެނެ އެވެ. މި ފަދަ ހާދިސާތަކުގައި އިމާރާތަށާއި މުދަލަށް ބޮޑެތި ގެންލުންތަކެއް ލިބެ އެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބި އެފަދަ ހާދިސާތަކުގައި މަދުން ނަމަވެސް މީހުން މަރުވެފައިވެސް ވެއެވެ.