މޫސުން

މޫސުން ގޯސްވެ 8 އަތޮޅަށް ވައިޓް އެލާޓް

ރާއްޖޭގެ މޫސުން ގޯސްވެ 8 އަތޮޅަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ ވައިޓް އެލާޓް ނެރެފައިވަނީ ށ އަތޮޅުން ފެށިގެން ވ އަތޮޅަށް ކަމަށެވެ. މިއީ މިއަދު އެ އިދާރާއިން ނެރުނު ފަސްވަނަ އެލާޓެވެ.

މެޓުން ބުނީ މިރޭ 11:30 އިން ފެށިގެން 4:20 ގެ ނިޔަލަށް އަތޮޅުން ފެށިގެން ވ އަތޮޅުގެ ރަށްތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އެ ވަގުތުތަކުގައި ކަނޑުވެސް ގަދަވާނެ އެވެ.