އެމްޓީސީސީ

ފަރެސްމާތޮޑާ އެއާޕޯޓް މަސައްކަތް ފަށަނީ

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާ ކަމަށް މޯލްޑިވްސް ޓޮރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އެމްޓީސީސީ އާ ހަވާލުކޮށްފައިވާ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށަން، އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފަ އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން އެރަށު އެއާޕޯޓް ގައި 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއެއްގެ އިތުރުން ސާވިސް ރޯޑެއްވެސް އިމާރާތް ކުރާނެ ކަމަށެވެ.

ފަރެސް މާތޮޑާ އެއާޕޯޓްގެ މަސައްކަތްތަކާބެހޭ މައުލޫމާތާއި ފޮޓޯތައް އަވަސްގެ ނިއުސް ޑްރޮޕް މެދުވެރިކޮށް ނޫހަށް ފޮނުވޭނެ އެވެ.