ގުޅިފަޅު

ގުޅިފަޅުގައި ޑްރަގް ރިމާންޑް ސެންޓަރެއް އަޅަނީ

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ގުޅީފަޅުގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ގާއިމު ކުރަން ނިންމައިފި އެވެ.

އެންޑީއޭއިން ބުނީ ގުޅިފަޅުގައި އެ ސެންޓަރު ހިންގާނީ ކަނޑައަޅާ އިޖުރައަތްތަކުގެ ދަށުން ގުޅުންހުރި އެންމެހައި ފަރާތްތަކާއެކު، އެ ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް އަދި އެތަނަށް ގެންދާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކުގެ އިންތިޒާމްތައް ވެސް ހަމަޖައްސައިގެނެވެ.

މި ސެންޓަރަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ޕެޑްލް ކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް އަސާސީ ފަރުވާ ދޭން އަޅާ މަރުކަޒެކެވެ.

ގުޅިފަޅުގައި މި މަރުކަޒު ހަދާއިރު އެރުގައި އަދި އެހެން ހިދުމަތުގެ ފެސިލިޓީއެއް ގާއިމްކޮށް ހިދުމަތަށް ގެނެސްފައެއް ނުވެއެވެ.