މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ގުޅިފަޅަށް

ޑްރަގް އޮފެންޑަރު ރިމާންޑް ސެންޓަރު ކ. ގުޅީފަޅުގައި ގާއިމުކުރަން ނިންމައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކުރާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ކ.ގުޅީފަޅުގައި ގާއިމުކުރަން މިނިސްޓަރު އޮފް ޖެންޑަރު، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ މިއަދު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، މި ތަން ހިންގުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ އިޖުރައަތްތަކުގެ ދަށުން، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކާއެކު، އެ ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް އެ ތަނަށް ގެންދެވޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށްފަހުއި ކަަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ހާއްސަކުރެވޭ މަރުކަޒެކެވެ.