ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސައުދީ އަަރަބިއްޔާ

ފިޔަވަޅުތަކާއެކު ސައުދީ އަލުން ހުޅުވާލައިފި

ކޮވިޑް-19 އިގެ މުޅިން އާ ވޭރިއަންޓެއް އިނގިރޭސިވިލާތުގައި ވަރަށް ބާރަށް ފެތުރެން ފެށުމުން ރައްކާތެރިކަމަށްޓަކައި ސައުދިއަރަބިއްޔާގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ސައުދީން ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑުމަގުންވެސް އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށްފައެވެ. ބޯޑަރުތައް ބަންދުކުރީ ހަފްތާއަކަށް ނަމަވެސް މިއަދު އަލުން ބޯޑަރު މި ހުޅުވީ 12 ދުވަސް ފަހުންނެވެ.

ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑުމަގުން އަލުން ސައުދީ ހުޅުވާލާފައިވާއިރު ކޮވިޑުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން ޔޫކޭއިން ފެނުނު އާ ވޭރިއަންޓާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންނާއި ސައުތު އެފްރިކާގެ ރައްޔިތުންނަށް ސައުދީއަށް އާދެވޭނީ އެހެން ގައުމެއްގައި 14 ދުވަހު ހުރުމަށްފަހު އެވެ. މިވަގުތު ޔޫކޭ ކޮވިޑް 21 ގައުމަކުން ވަނީ ފެނިފައެވެ. އެ ގައުމުތަކުން އަންނަ މީހުން ސައުދީއަށް އައުމުގެ ހަތް ދުވަސް ކުރިން ގޭގައި ކަރަންޓީންވާން ޖެހެއެވެ. އަދި ހަވަނަ ދުވަހު ޕީސީއާރު ޓެސްޓެއް ހެދުމަށްފަހު ނެގެޓިވް ނަތީޖާ ގެންނަން ޖެހެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ސައުދީގެ ބޯޑަރުތައް ގިނަ މަސްތަކަކަށް ބަންދުކުރި އެވެ. ބަލިމަޑުކަމާއި ގުޅިގެން އުމްރާގެ ފުރުސަތު ބަންދުކޮށްފައި ވަނީ މާޗް މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ފެބްރުއަރީ ފަހު ހަފުތާގައި ސައުދީގެ ބޯޑަރު ވަނީ ބަންދު ކޮށްފަ އެވެ. އަލުން އުމްރާ ވުމަށް ހަރަމްފުޅު ހުޅުވާލީ ހަތް މަސްފަހުން އޮކްޓޫބަރު މަހުގެ ހަތަަރު ވަނަ ދުވަހު އެވެ. ފުރަތަމަ ފުރުސަތު ދިނީ ސައުދީގައި ތިބި މީހުންނަށް އެކަންޏެވެ. އަދި އުމްރާވުމަށް ފުރުސަތު ދެމުންދިޔައީ ފިޔަވަހިތަކަކަަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ދުވާލަކަށް 6،000 މީހުން އަދި ދެވަނަ ފިޔަވަހީގައި 15،000 މީހުންނަަށެވެ. މިހާރު ދުވާލަކު 20،000 ވުރެ ގިނަ މީހުންނަށް އެ ފުރުސަތު ދެ އެވެ.