ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސައުދީ އަަރަބިއްޔާ

ސައުދީގައި ކޮވިޑް ފިޔަވަޅުތައް އުވާލައިފި

ސައުދިއަރަބިއްޔާގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތައް އުވާލައިފި އެވެ.

ސައުދީގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ދެންމެ ބުނީ ކޮވިޑް-19 ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ. އަދި ބައެއް ފިޔަވަޅުތައް އިތުރަށް ލުއިކޮށްފައިވާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ސައުދީގައި އެންމެ ހަރުކަށިކޮށް ތަންފީޒު ކޮށްފައިވަނީ މާސްކު މަޖުބޫރު ކުރުމެވެ. އެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކޮށްފައިވެއެވެ. ނަމަވެސް އިންޓީރިއާ މިނިސްޓްރީން ބުނީ މިވަގުތުން ފެށިގެން ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މާސްކު އެޅުން މިހާރު މަޖުބޫރީ މައްކާގެ މަސްޖިދު އަލް ހަރަމް އަށް ވަންނަ އިރު އަދި މަދީނާގެ މަސްޖިދު އަލް ނަބަވީއަށް ވަންނައިރު އެކަންޏެވެ.

މީގެ އިތުރުން ޝޮޕިން މޯލްތަކާއި ހިދުމަތްދޭ އިދާރާތަކާއި ކާބޯތަކެތި ވިއްކާ ތަންތަން އަދި އާންމު ފިހާރަތަކަށް ވަންނައިރުވެސް މާސްކު އެޅުން މަޖުބޫރެއް ނޫނެވެ. އަދި އިދާރާތަކަށް ވަނުމުގެ ކުރީން މީގެ ކުރީން ދައްކަން ޖެހޭ "ތަވައްކަލްނާ" ވެސް ދެން ދައްކާކަށް ނުޖެހޭނެ އެވެ. "ތަވައްކަލްނާ"އަކީ އެ މީހެއްގެ ސިއްހީ ހާލަތު އަންގައިދޭ ލިޔުމެކެވެ.