ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޕްރިންސް ފިލިޕް ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއަށް އިރުޝާދު ދެއްވަނީ

ޕްރިންސް ފިލިޕް އޮންނެވީ އާލާސްކަންފުޅާ އެވެ. ހޮސްޕިޓަލުަގައި އެޑްމިޓް ކުރައްވާފަ އެވެ. ބަކިންހަމް ޕެލަސްއިން ބުނީ ފަރުވާ ދެއްވަނީ އިންފެކްޝަނަކަށް ކަމަށެވެ. އެކަމަކު ކޮވިޑާ ގުޅުމެއް ނެތް ކަމަށެވެ.

ޕްރިންސް ފިލިޕް 99، އަކީ އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުންނެވެ. އޭނާއަށް އަންނަ ޖޫންގައި 100 އަހަރު ފުރޭނެ އެވެ.

ފިލިޕް ފަހަކަށް އައިސް ވަރަށް ގިނައިން އާލާސްކަންފުޅާ އުޅުއްވަ އެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ ފަހަރު އަންނަނީ ގިނަވަމުންނެެވެ. އެހެން ކަމުން، ފިލިޕްގެ ހާލަތާ މެދު ބަކިންހަމް ޕެލަސްގައި ކަންބޮޑުވުން އެބަ އޮތެވެ. އޭނާ އަވަހާރަވެއްޖެ ނަމަ ދެން ކަންކުރަންޖެހޭ ގޮތާ މެދު މިހާރު ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވިފައި ވާނެ ކަމަށް ބެލެވެ އެވެ.

ގަނޑުވަރުގައި ކުރިން މަސައްކަތް ކުރެއްވި ރާނިގެ ޕްރެސް ސެކްރެޓަރީ، ޑިކީ އާބިޓާ ވިދާޅުވި ގޮތުން ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއާ ވަކިން ބައްދަލު ކުރެއްވުމަށް ޕްރިންސް ފިލިޕް އެދިވަޑައިގަންނަވަ އެވެ. އެއީ ބެލެވޭ ގޮތުގައި އާއިލާއާ ގަނޑުވަރުގެ ކަންތައް ދެން ބަލަހައްޓާނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމަށެވެ.

ގަނޑުވަރުން ބުނާ ގޮތުން ފިލިޕްގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ. އެހެން ނަމަވެސް، ހޮސްޕިޓަލުގައި އޮންނަވާތާ 14 ދުވަސްވެފައި ވާއިރު އަދި ވެސް އެއްހަފުތާ މަޑުކުރައްވަން ޖެހިވަޑައިގެންފާނެ ކަމަށް ބުނެވެ އެވެ. އަނެއްކޮޅުން ޕްރިންސް ޗާލްސް ބައްޕަގެ އަރިހަށް ޒިޔާރަތްކުރެއްވި ދުވަހަކު ނުކުމެވަޑައިގެންނެވިއިރު ކީރިތި ކުރައްވާތަން ވަނީ ކެމެރާތަކަށް އަރާފަ އެވެ. އެހެންކަމުން، ދޮށީ ދަރިކަލުން ޗާލްސްއާ މަޝްވަރާ ކުރައްވަން ޕްރިންސް ފިލިޕް އެދިވަޑައިގަތުން މާނަ ކުރަން ޖެހެނީ ސުވާލުމާކު ޖެހޭ ގޮތަށެވެ.