ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެއްވެސް އެއްޗަކަށް އެލާޖިކްވާކަން އެނގޭ ނަމަ ފައިޒާ ކޮވިޑް ވެކްސިން ނުދޭން އަންގައިފި

އެއްވެސް ޒާތެއްގެ އެލާޖީއެއް ހުންނަކަން އެނގޭ ނަމަ، ފައިޒާ ބަޔޮންޓެކް ކޮވިޑް ވެކްސިން ނުދޭން، އިނގިރޭސިވިލާތުގެ ޑްރަގް ރެގިއުލޭޓަރުން އަންގައިފި އެވެ.

އިނގިރޭސިވިލާތުގެ މެޑިސީންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓާރީ އޭޖެންސީ (އެމްއެޗްއާރުއޭ) އިން މިހާރު ވަނީ ކޮވިޑް-19 ވެކްސިން ދޭނެ މީހުންނާއި ނުދޭންވީ މީހުން ހިމެނޭ ގޮތުން ގައިޑްލައިންތައް ބަދަލުކޮށް އިދާރާތަކަށް އަންގާފަ އެވެ.

އެމްއެޗްއާރުއޭ އިން މި ގޮތަށް ނިންމާފައި ވަނީ އިނގިރޭސިވިލާތުގައި އަޖުމަބެލުމުގެ މަރުހަލާއިން ބޭރުން އާންމުކޮށް ވެކްސިންދޭން ފަށާފައި ވަނިކޮށް، ދެމީހަކު ވެކްސިނަށް އެލާޖިކްވި ރިޕޯޓަކާ ގުޅިގެންނެވެ. މިކަން ހިނގައިދިއަ ސަބަބު ބަލަމުން އަންނަ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.

"އެއްވެސް ޒާތެއްގެ އެއްޗަކަށް، ވެކްސިނަކަށް، ކާއެއްޗަކަށް އަދި ބޭހަކަށް ނުވަތަ 'އެނަފައިލެކްޓޮއިޑް' ރިއެކްޝަނެއް ހުންނަ ނަމަ ނުވަތަ 'އެޑްރިނަލިން އޮޓޯއިންޖެކްޓާ' ބޭނުންކުރަން ޖެހިފައިވާ ނަމަ ފައިޒާ ބަޔޮންޓެކް ވެކްސިން ޖެހުން ރަނގަޅެއް ނޫން" ކަމަށް ރެގިއުލޭޓަރުން ބުނެ އެވެ.

ފައިޒާ ބަޔޮންޓެކް ކޮވިޑް ވެކްސިން އަޖުމަބެލުމުގެ ތެރޭގައި މިކަހަލަ މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ވެ އެވެ. އެހެންކަމުން ސިއްހީ މާހިރުން ލަފާދެނީ މިކަން ބަލައި ނިމެންދެން، އެލާޖިކް މައްސަލަތައް ހުންނަ މީހުންނަށް ފައިޒާ ބަޔޮންޓެކްް ކޮވިޑް ވެކްސިން ނުދިނުމަށެވެ.