ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ އިންޓަނޭޝަނަލް ފްލައިޓްތަކަށް ހުޅުވާލަނީ

އިންޓަނޭޝަނަލް ކޮމާޝަލް ފްލައިޓްތަކަށް އިންޑިއާ ހުޅުވާލަނީ އެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުކުރު ދުވަހު ބުނި ގޮތުން ޑިސެމްބަރު 15 އިން ފެށިގެން މި ގައިވާއިދަށް އަމަލު ކުރާނެ އެވެ.

އިންޑިއާގެ ޑައިރޮކްޓޮރޭޓް ޖެނެރަލް އޮފް ސިވިލްއޭވިއޭޝަނުން ބަޔާނެއް މެދުރިވެރިކޮށް ބުނެފައި ވަނީ ގާބިލު ހުރިހާ ކުންފުންޏަކުން ވެސް ތައްޔާރުވާންވީ ކަމަށެވެ. ޑިސެމްބަރު 15 އަށް ފަހު ކޮމާޝަން ފްލައިޓްތަކަށް ފުރުސަތު އޮންނާނެ ކަމަށް ބަލައިގެން ތާވަލް ކުރުން އެންމެ ރަނގަޅު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮވިޑްގެ އާ ވައްތަރުތައް އިންޑިއާގައި ފެތުރިގެންދިއަ ބާރުމިނުގައި ކޮމާޝަލް ފްލައިޓްތައް ބަންދުކުރާ ހިސާބަށް އޮތީ ގޮސްފަ އެވެ. ކޮމާޝަން ފްލައިޓްތަކަށް އިންޑިއާ މި ހުޅުވާލަނީ މާޗް 23، 2020 ގައި ބަންދު ކުރުމަށް ފަހު މުޅިން އަލަށެވެ. އެހެން ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން ބަބްލް ގައުމުތަކުގެ މެދުގައި ފްލައިޓްތައް މިހާރު ވެސް އޮވެ އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީ ބުނީ ގައުމުތަކުގައި ކޮވިޑް ފެތުރޭ އާދައަށް ބަލައި އިންޑިއާގެ ހެލްތު މިނިސްޓްރީން ވަކި ގޮތެއް ކަނޑައަޅައިފި ނަމަ އެގޮތަކަށް ސިނާއަތު ބަދަލުކުރާނެ ކަމަށެވެ. އަދި ވަކި ގައުމަކަށް އުދުހުން މަނާކުރި ނަމަވެސް ރުހޭނެ ކަމަށެވެ.

އިންޑިއާ އަކީ ކޮވިޑްގައި ބޮޑުވަރުވި ގައުމެކެވެ. ދުވާލަކު މުޅިން އަލަށް 400،000 މީހުންނަށް ކޮވިޑް ޖެހި ދުވާލަކު 4،500 މަރު ރެކޯޑް ކުރެވުނު ދުވަސްތައް ވެސް އިންޑިއާ ވަނީ ތަޖުރިބާ ކޮށްފަ އެވެ. އެހެން ނަމަވެސް މަޝްރަހު މިހާރު އޮތީ ލާހިކުކޮށެވެ. ހެލްތު މިނިސްޓްރީން އަަޅާފައި އޮތް ހަރުކަށިކަމަށް ވަނީ ދޫދީފަ އެވެ.