ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއަށް އެތެރެވާ ފަސް ގައުމެއްގެ މީހުން ކޮވިޑް ޓެސްޓް ހެދުން މަޖުބޫރުކޮށްފި

އިންޑިއާގައި ބަޔަކު ހިނގާފައި ދަނީ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިންޑިއާގައި ދަނީ ވަރުގަދަކުރަމުން
0%
0%
0%

އިންޑިއާ އަށް ޒިޔާރަތްކުރާ ފަސް ގައުމެއްގެ މީހުން އެ ގައުމަށް އެތެރެވުމުގެ ކުރިން ކޮވިޑް 19 އަށް ނެގެޓިވް ޓެސްޓެއް ދައްކައިގެން ނޫނީ އެތެރެ ނުވެވޭ ގޮތް ހަދައިފި އެވެ.

އިންޑިއާ ސަރުކާރުގެ މި ނިންމުމަށް އަމަލުކުރަންޖެހޭ ގައުމުތަކަކީ ޗައިނާ، ޖަޕާން، ސައުތް ކޮރެއާ، ހޮންގްކޮންގް އަދި ތައިލޭންޑް އެވެ.

ނިއުދިއްލީގެ އިންޓަނޭޝަނަލް އެއާޕޯޓެއްގައި ކޮވިޑް ޓެސްޓުތަކެއް ހަދަނިކޮށް ވީޑިއޯކޮށް އެ މަންޒަރުތައް އިންޑިއާގެ ހެލްތު މިނިސްޓަރު މަންސުޚު މާންޑަވިޔާ ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އޭނާ ވިދާޅުވީ ކޮވިޑަށް އެއްވެސް މީހަކު ޕޮޒިޓިވް ވެއްޖެނަމަ އެ މީހަކު ކަރަންޓީނުގައި ބެހެއްޓޭނޭ ކަމަށެވެ. އިންޑިއާ އިން އިއްޔެ ވަނީ އެގައުމަށް ބޭރުން އަންނަ ފަތުރުވެރިން ރޭންޑަމްކޮށް ކޮވިޑް ޓެސްޓު ކުރަންވެސް ފަށާފަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މަންޑަވިޔާ ވަނީ ކޮވިޑާ ގުޅިގެން އަލުން އަޅަމުންދާ ފިޔަވަޅުތައް ހިއްސާކުރައްވާ، ޗައިނާގައި ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާތީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ.

މަންޑަވިޔާ ވަނީ ކޮރޯނާ ވައިރަސްގެ އާ ވޭރިއަންޓްތަކަށް ފާރަލައިގެން ތިބުމަށް އިންޑިއާގެ ސްޓޭޓްތަކުގެ ސަރުކާރުތަކަށްވެސް ގޮވާލާފަ އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ދުވާލަކު 3,400 އެއްހާ މީހުން އެ ގައުމުގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910