ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

10 މިލިއަން ކޮވިޝީލްޑް ޑޯޒް ގަންނަން ލަންކާ ކެބިނެޓުން ހުއްދަދީފި

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއިން 10 މިލިއަން އެސްޓްރަޒެނެކާ ކޮވިޝީލްޑް ކޮވިޑް ވެކްސިން ގަތުމަށް ކެބިނެޓުން ހުއްދަދީފި ކަމަށް އެކްޓިން ހެލްތު މިނިސްޓަރު، ޗަންނާ ޖަޔާސުމާނާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ކޯވެކްސް ނިޒާމުން ވެކްސިން ހޯދުމަށްޓަކައި މަސައްކަތައް ކުރިއަށް ގެންދިއުމަށް ވެސް ކެބިނެޓުން އެންމެ ރަނގަޅު ކަމަށް ބުނެފައިވާ ކަމަށެވެ.

ލަންކާއިން ބުނީ 10 މިލިއަން ވެކްސިން ގަތުމަށް 52.5 މިލިއަން ޑޮލަރުގެ ވިޔަފާރި މުއާމަލާތެއް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއެކު ކުރެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތު އެސްޓްރަޒެނެކާ އިންސްޓިޓިއުޓްއާ ސްރީ ލަންކާ ސްޓޭޓް ފާމަސޫޓިކަލް ކޯޕަރޭޝަނާއެކު ހަދާ އެއްބަސްވުމަށް ވެސް ރުހުން ލިބިފައިވާ ކަމަށްވެ އެވެ. މި އެއްބަސްވުމުގެ ދަށުން ޔޫކޭ އެސްޓްރަޒެނެކާ އިންސްޓިޓިއުޓުން 3.5 މިލިއަން ކޮވިޑް ވެކްސިން ޑޯޒް ސްރީ ލަންކާ ސްޓޭޓް ފާމަސޫޓިކަލް ކޯޕަރޭޝަނުން ގަންނާނެ އެވެ.

ލަންކާގައި ކޮވިޑް ވެކްސިންދޭ ފެށީ ޖެނުއަރީ 29 ގަ އެވެ. އެއީ އިންޑިއާއިން ލަންކާއަށް ހަދިޔާކުރި 500،000 ޑޯޒް ކޮވިޝީލްޑް ލިބުމާއެކު އެވެ. އިންޑިއާއިން އަވަށްޓެރި ގާތް އެކުވެރި ގައުމުތަކަށް ކޮވިޑް ވެކްސިން ހަދިޔާކުރަން ހިންގާ ޕްރޮގްރާމްގެ ދަށުން މިސަރަހައްދުގެ ގިނަ ގައުމުތަކަށް ވަނީ ކޮވިޑް ވެކްސިން ހަދިޔާކޮށްފަ އެވެ.

ޗައިނާއިން ލަންކާއަށް 300،000 ޑޯޒް ސިނޮފާމް ވެކްސިން ފޯރުކޮށްދީފައިވެ އެވެ. އެއީ ލަންކާ ރައީސް ގޮތަބެޔާގެ ޚާއްސަ އެދިލެއްވުމަކަށް ޗައިނާއިން ދިން ހަދިޔާއެއް ކަމަށް، ރައީސްގެ ޗީފް އެޑްވައިޒާ. ލަލިތު ވީރަތުންގާއާ ހަވާލާދީ ލަންކާ ނޫސްތަކުން ބުނެފައިވެ އެވެ.

ލަންކާގައި އާންމުންނަށް ކޮވިޑް ވެކްސިންދޭން ހިންގާ ޕްރޮގްރާމް ފުޅާކޮށް މާޗުން ފެށިގެން ދުވާލަކު 600،000 ވެކްސިން ދެވޭނެ ކަމަށް، ސްޓޭޓް މިނިސްޓަރު ފޮ ޕްރައިމަރީ ހެލްތު ކެއާ، އެޕިޑަމިކްސް އެންޑް ކޮވިޑް ޑިސީޒް ކޮންޓްރޯލް، ޑރ. ޝުދާޝިނީ ފެނާންޑޮޕުއްލޭ ވަނީ ވިދާޅުވެފަ އެވެ.