ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާގައި ދުވާލަކު 600،000 މީހުނަށް ކޮވިޑް ވެކްސިން ޖަހާނެ

ލަންކާގައި އާންމުންނަށް ކޮވިޑް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމް ފުޅާކޮށް މާޗުން ފެށިގެން ދުވާލަކު 600،000 ވެކްސިން ދެވޭނެ ކަމަށް، ސްޓޭޓް މިނިސްޓަރު ފޮ ޕްރައިމަރީ ހެލްތު ކެއާ، އެޕިޑަމިކްސް އެންޑް ކޮވިޑް ޑިސީޒް ކޮންޓްރޯލް، ޑރ. ޝުދާޝިނީ ފެނާންޑޮޕުއްލޭ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ވިދާޅުވީ އާންމުނަށް ދެއްވާނީ އެސްޓްރަޒެނެކާ-އޮކްސްފޯޑް ވެކްސިން ކަމަށެވެ.

"އާންމުންނަށް ވެކްސިން ދެވޭ ނިސްބަތް އިތުރު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށް އެބަދޭ،" ޑރ. ޝުދާޝިނީ ވިދާޅުވި އެވެ. "ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް އާންމުގެ އެހީތެރިކަމަށް ގޮވާލާނަން،"

އޭނާ ވިދާޅުވީ މިހާރު ވެސް އާންމުގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާ މެދު ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށާއި މިއީ އުންމީދީ ކަމެއް ކަމަށެވެ.

ޝުދާޝިނީ މީޑިއާއަށް ވިދާޅުވީ ލަންކާގައި މިހާރު ވެސް ކޮވިޑަށް ދެނީ އެސްޓްރަޒެނެކާގެ ވެކްސިން ކަމަށާއި، އެއީ އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރަންު ހުއްދަދީފައިވާ ވެކްސިނެއް ނަމަވެސް، ކަންބޮޑުވާ ވަރުގެ ކަމެއް، ސައިޑްއިފެކްޓެއް ވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ލަންކާގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށީ މިދިއަ ޖެނުއަރީ 29 ގަ އެވެ. ވެސްޓާން ޕްރޮވިންސްގައި ހަ ހޮސްޕިޓަލެއްގައި އެކުއެކީގައި ކަހަލަ ގޮތަކަށް ޕްރޮގްރާމް ފަށައިފައި ވަނީ އިންޑިއާއިން ފޯރުކޮށްދިން 500،000 ޑޯޒް އެސްޓްރަޒެނެކާ ވެކްސިން ލިބުމުންނެވެ.

ލަންކާގައި ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދިނީ އަސްކަރިއްޔާގައި މަސައްކަތްކުރާ ތިން މީހަކަށެވެ. އެހެން ގައުމުތައް ފަދައިން ވެކްސިންދިނުމުގައި ލަންކާއިން އިސްކަން ދޭނެ ކަމަށް ބުނީ ބަލި މީހުން ގާތު މަސައްކަތްކުރާ އޮފިޝަލުންނާއި ސިއްހީ އޮފިޝަލުންނަށް ކަމަށެވެ.

ޗައިނާއިން ވެސް ވަނީ ލަންކާއަށް 300،000 ޑޯޒް ސިނޮފާމް ވެކްސިން ފޯރު ކޮށްދީފަ އެވެ. އެއީ ލަންކާ ރައީސް ގޮތަބެޔާގެ ޚާއްސަ އެދިލެއްވުމަކަށް ޗައިނާއިން ދިން ހަދިޔާއެއް ކަމަށް، ރައީސްގެ ޗީފް އެޑްވައިޒާ. ލަލިތު ވީރަތުންގާއާ ހަވާލާދީ ލަންކާ ނޫސްތަކުން ބުނެ އެވެ.

ލަންކާގައި އާންމުންނަށް ވެކްސިންދޭ ފެށި ނަމަވެސް މަޖުބޫރު ކަމެއް ނެތް ކަމަށް ވީރަތުންގާ ވިދާޅުވި އެވެ. އެއީ އެމީހެއްގެ އިޚުތިޔާރު ކަމަށާއި ވެކްސިންޖަން ބޭނުން ނޫން ނަމަ ވެކްސިން ނުޖެހުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.