ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް ފޯމް ފުރަން ނުޖެހޭ ގޮތަށް އިންޑިއާއިން ހަދައިފި

Nov 24, 2022

ކޮވިޑް 19ގެ ދުވަސްވަރު އިންޑިއާއަށް އެތެެރެވުމަށް ކުރިން ފުރަމުން ދިޔަ އެއާ ސުވިދާ ފޯމް މިހާރު ފުރަން ނުޖެހޭ ގޮތަށް ހަދައިފި އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އަށް ދަތުރުކުރާ އެއްވެސް މީހަކު މިހާރު މި ފޯމް ފުރަން މަޖުބޫރު ނުވާނެ ކަމަށެވެ.

ކޮވިޑުގެ އަލާމާތެއް ނެތް ނަމަ އިންޑިއާ އަށް އެތެރެވުމަށް ކޮވިޑް-19 ޕީސީއާރް ޓެސްޓު ހަދަންވެސް މިހާރު ނުޖެހޭނެ ކަމަށްވެސް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ކޮވިޑް 19ގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު އިންޑިއާ އިން އެޅި ހަރުކަށި ފިޔަވަޅުތައް އުވާލާ ލުއިތަކެއް ދީފައި މިވަނީ ކޮވިޑް-19ގެ ކޭސްތައް އިންޑިއާއިން ފެންނަމުންދާ އަދަދު ދަށްވެފައިވާތީ އާއި ކޮވިޑް ވެކްސިން ޖަހާ މީހުންގެ އަދަދު ދުނިޔޭގައިވެސް އިތުރުވަމުންދާތީ ކަމަށްވެސް އިންޑިއާ އިން ބުނެ އެވެ.

ކޮވިޑް 19ގައި އޭޝިއާ އިން އެންމެ ގިނަ މީހުން މަރުވި ގައުމަކީ އިންޑިއާ އެވެ.