މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ބިއްލޫރި ޕެލެޓެއްވެއްޓި ދެ މީހަކު ޒަހަމްވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގައި ހިނގި ހާދިސާއެއްގައި ބިއްލޫރި ޕެލެޓެއް ވެއްޓި ދެ މީހަކު ޒަހަމްވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ ބިއްލޫރި ޕެލެޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. ޕެލެޓްގެ ދަށުގައި އެކަކު އޮތްއިރު އަނެއް މީހާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޕެލެޓް ދަށުވި މީހާ ޕެލެޓް ދަށުން ނަގާ ހޮސްޕިޓަލަށް ގެންދިއުމަށް ވަގުތުތަކެއް ހޭދަވިއެވެ. އެ މަސައްކަތުގައި ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު އަދި ޕެރެމެޑިކް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.