މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ބިއްލޫރި ޕެލެޓް ވެއްޓި އަނިޔާވި ދެމީހުގެ ހާލު ރަނގަޅު: އެމްޕީއެލް

Jan 8, 2021
5
އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނާތަކެއް އުފުލަނީ ފޮޓޯ: އަވަސް ފައިލް
0%
0%
0%

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓޭނާއަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ރޭ ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް، ވިޔަފާރި ބަނދަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަަށާ، ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ދެ މީހުންނަށް ވެސް ލިބިފައި ނުވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ކޮންޓެރިނާއެއްގެ ތެރޭގައި ހުރި ބިއްޕޫރި ޕެލެޓް ތަކެއް ފޯކްލިފްޓް ބޭނުންކޮށްގެން ނެރެން އުޅުމުގެ ތެރޭގައި ޕެލެޓް އަރިއަޅާލައިގެންނެވެ. މި ހާދިސާގައި ދެ މީހުން ތާށިވި އެވެ. މީތެރެއިން އެކަކު ވަނީ ވަގުތުން ސަލާމަތް ކޮށްފަ އެވެ. ނަމަވެސް ދެވަނަ މީހާ ސަލާމަތް ކުރީ ސިފައިންގެ މަސައްކަތުން ކޮންޓެއިނާ ހަލާކު ކޮށްލައިގެންނެވެ.

މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ އެމްޕީއެލް އިން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލު މި ކުންފުނިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މި ހާދިސާ ތަހުގީގްކޮށް މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، މި ކުންފުނިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދީފައިވެ އެވެ.

ރާއްޖެއަށް ކަނޑު މަގުން ގެންނަ މުދަލުގެ ބޮޑު ބައެއް އެތެރެކުރާ އެމްޕީއެލް ބަނދަރުގެ މިފަދަ ހާދިސާތައް މީގެ ކުރިންވެސް ހިންގާފައި އެބަހުއްޓެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަރޫ

އެކަކުގެ ހާލު ރަނގަޅީ އަނެކަކުގެ ހާލު ވަރަށް ސީރީއަސް ދޮގު މަައުލޫމާތު ހުސް

ހުމޭދު

ނަސީބު ☺

ޖިހާދު

ޝުކުރުހުރީ ﷲ އައް

ގިޔާޝާ

ﷲއަކްބަރް

ހނނ

އަލްޙަމްދުލިﷲ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345