މޯލްޑިވްސް ޕޮލިސް ސާވިސް

އެއާ ބެލޫންއެއް ފަޅައިގެންގޮސް ދެ މީހަކަށް އަނިޔާވެއްޖެ

އެއާ ބެލޫންއެއް ފަޅައިގެން ގޮސް ދެ މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނީ ސިނާއީ ރަށް، ތިލަފުށީގައި ހިނގި މި ހާދިސާގެ މައުލޫމާތު ފުލުހުުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:21 އެހާކަންހާއިރު ކަމަށެވެ.

ފަޅައިގެން ދިޔައީ ތިލަފުށީގައި ބޮޑެތި ބޯޓު ފަހަރު އެހެލާށާއި ބާލަން ބޭނުން ކުރާ އެއާ ބެލޫނެވެ. އެ ބެލޫން ފަޅައިގެންގޮސް އަނިޔާވެފައިވަނީ ބަގްލަދޭޝްގެ ދެ މީހަކަށެވެ. އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ފުލުހުންގެ މެރިން ޕޮލިސްގެ އެހީތެރިކަމާއެކު މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިހާދިސާ ހިނގި އިރު މިދިއަ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ވެސް ތިލަފުށީގައި ކޮމްޕްރެސަރެއް ގޮވައި ތިން މީހަކަށް އަނިޔާވެފައި ވެއެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނުނީ ދެ ބިދޭސީންނާއި ދިވެއްސެކެވެ.