މޯލްޑިވްސް ޕޮލިސް ސާވިސް

ބާރުގަދަ އަޑު އައީ ވެލްޑިން އެކްސިޑެންޓެއްގެ ތެރޭން

ރޭ ހުޅުމާލޭގައި ގޮވި ބާރުގަދަ އެއްޗެއް ގޮވި އަޑަކީ ބަޔަކު ވެލްޑިން ކުރަނިކޮށް އެއްޗެއް ގޮވި އަޑު ކަމަށް ފުލުހުން ބުނެފި އެވެ

ފުލުހުން ބުނީ ހުޅުމާލޭގެ ބޯގަންވިލާ މަގުގެ ސަރަހައްދުގައި ރޭ ދަންވަރު 12:35 ގައި ބާރުގަދަ ގޮވުމެއް ގޮވި އަޑުއަމުން ފުލުހުންނާއި ސިފައިން ގޮސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ މީހުނާއި ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން ބާރުގަދަ އެ އަޑު ގޮވާފައި ވަނީ ލޮޓް ނަމްބަރު 1138 ގެ ޓެރަސް މަތީގައި ބަޔަކު ވެލްޑިން ކުރަމުން ދަނިކޮށް ހިނގި އެކްސިޑެންޓެއްގައި ކަމަށާއި ރޭގެ އެހާދިސާގައި މީހަށް އަ ނިޔާވެފައި ނުވާ ކަމަށެވެ.

"ހައެއްފަހެއް" ގެ ހަމަލާއަށް ފަހު ރޭ އައި ބާރުގަދަ އަޑާ ގުޅިގެން ރާއްޖެއަށް ސިހުން ކުއްލި ސިހުމެއް ގެނުވި އެވެ. ރޭ އެ އަޑު އިވުނު ވަގުތުން ފެށިގެން އެ ސަރަހައްދު ބަންދުކޮށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ރޭ ހަރަކާތްތެރިވި އެވެ.