އެމްއެންޑީއެފް

އާންމުކޮށް ނުފެންނަ ވައްތަރެއްގެ ބޮނޑެއް ފެނިއްޖެ

Aug 29, 2021

ރާއްޖެއިން އާންމުކޮށް ނުފެންނަ ބާވަތެއްގެ ބޮނޑެއް ފެނިގެން ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު އެ ބޮނޑު ފެނިފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓް (އެމްޕީއެލް) ސަރަހައްދުން ކަމަށެވެ. ދެ ފޫޓްގެ މި ބޮނޑަކީ އާންމުކޮށް ރާއްޖެއިން ނުފެންނަ ބާވަތެއް ކަމަށްވާ "ވައިލްޑް އިގުއާނާ" އެކެވެ.

އެ ބޮނޑު ފެނިގެން ސިފައިންނަށް ރިޕޯޓްކުރީ އެމްޕީއެލް އިންނެވެ. އެ ރިޕޯޓާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ސެކަންޑް ސްކޮޑްރަންގެ ޕޯޓް އެންޑް ހާބާ ސެކިއުރިޓީން ވަނީ އެ ބޮނޑު ހިފާފައެވެ. އަދި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

އެ ބޮނޑު ރާއްޖެ އައި ގޮތެއް އަދި އެނގިފައެއް ނުވެއެވެ.