މޫސުން

24 ގަޑިއިރަށް ވެސް މޫސުން ގޯސް

ރާއްޖޭގެ ބައެއް އަތޮޅު ތަކަށް މޫސުން ގޯސްވެފައިވާތީ އެ އަތޮޅުތައް ހިމެނޭ ގޮތަށް މޫސުމާބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމުގެ މި އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން މ. އާ ހަމައަށެވެ. މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 12:00 ޖެހުމާއި ހަމައަށް މި އެލާޓް ދެމި އޮންނާނެ އެވެ. މެޓުން ބުނީ މި ވަގުތު ތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ.

ކުރިޔަށް އޮތް 24 ގަޑި އިރަށް ބަލާ އިރު މެޓުން ބުނީ ރާއްޖޭގެ އުތުރާއި މެދުއަތޮޅު ތަކުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ސަރަހައްދަށް ވެސް ކެރީގެ އަަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ.

މެޓްގެ ފޯކާސްޓްތައް ބުނާ ގޮތުން ވައިޖެހެނީ މެދު އަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 30 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.

މިދިޔަ 24 ގަޑި އިރު ރާއްޖެއިން އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫ އަށެވެ.