މޫސުން

މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓް ނެރެފި

Jan 12, 2021

ރާއްޖެއަށް ކުރާ ވިއްސާރައި ގައި މޫސުން އިތުރަށް ގޯސްވެ ބައެއް އަތޮޅު ތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމަ އަށެވެ. މޫސުން ގޯސްވެ މި ފަސް އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވާއިރު މިއަދު ހެނދުނު ހއ. އަތޮޅުން މ. އަތޮޅަށް ވައިޓް އެލާޓް ވަނީ ނެރެފަ އެވެ.

ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. މޫސުމާއި ބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވެ ކަމަށެވެ.