ވ. ތިނަދޫ

ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ

ވ. ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ އެވެ.

އަލިފާނުގެ މި ހާދިސާ ހިނގައި މީހަކު ފިހުނު ސަބަބެއް ކަމަށް ފުލުހުން މިއަދު ބުނީ ބަނދަރުހައި ލޯންޗިު އޮއްވަ ސްޓާޓް ކުރި ވަގުތު އިންޖީނުގެ ބެޓެރީގައި ރޯވެގެން ކަމަށެވެ، އަދި މި ހާދިސާގެއި އެ ލޯންޗު ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި އަޑިއަށް ގޮސްފައި ކަމަށެވެ.

ތިނަދޫ އަލިފާނުގައި ފިހުނު މީހާގެ އަށް ލިބުނު އަނިޔާތަކުގެ ތަފުސީލުތައް ސާފެއް ނުވެއެވެ. ފަހަކަށް އައިސް ކައިރި ކައިރީގައި މިފަދަ ހާދިސާތައް ގިނަ ބަޔަކު ވަނީ ފިހިފަ އެވެ. އޭގެ އެއް ހާދިސާއެއްގައި ފިހުނު ފަސް މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައި ވެއެވެ/.