ދުނިޔެ

ގަތަރު އެއާވޭސްއިން އޭ380 ދެބައިކުޅަ އެއްބަޔަށް މަދު ކުރަނީ

ގަތަރު އެއާވޭސްގެ ސީއީއޯ (ލ) އަކްބަރު އަލް ބާކާ: އޭ380 ބޯޓުތައް ދެބައިކުޅައެއްބަޔަށް މަދު ކުރައްވާނެ
100%
0%
0%

ގަތަރު އެއާވޭސްއިން ދުއްވާ އޭ380 ބޯޓްތައް މަދު ކުރަން ނިންމާފައިވާ ކަމަށް، ސީއީއޯ، އަކްބަރު އަލް ބާކާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ގަތުރު އެއާވޭސްއިން އޭ380 ގެ 10 ބޯޓް އުދުއްސާ ކަމަށާއި އެކަމަކު ދެން އެކަމެއް ނުކުރައްވާނެ ކަމަށެވެ.

އަކްބަރު އަލް ބާކާ ވިދާޅުވީ އެންމެ ފުރަތަމަ އޭ380 ފެނިވަޑައިގެން ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވި ކަމަށާއި ގަތަރު އެއާވޭސް އަށް މުސްތަގުބަަލު އޮތީ އޭ380 ގައި ކަމަށް ހީފުޅު ކުރެއްވުނު ކަމަށެވެ.

"ހީކުރެވުނު ގޮތަކަށް ނޫން ކަންތައް ދިމާވީ،" އަކްބަރު ވިދާޅުވި އެވެ. "ހަރަދު ވެސް އެހާ ބޮޑު. މެނޭޖް ކުރަން ދަތި. އޭ380 އަށް ވުރެ ކަމުނުދާ ބާވަތެއްގެ މަތިންދާބޯޓެއް ދުވަހަކު ވެސް ނުދެކެން" އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭނުންފުޅުވެ ލައްވަނީ 10 ބޯޓް ވެސް އެހެލާފައި ބަހައްޓަން ކަމަށާއި ދަތުރުތަކަށް ނެރުނަސް ނެރޭނީ ދެބައިކުޅައެއްބައި ކަމަށެވެ.

ގަތަރު އެއާވޭސްއިން އޭ380 ބޯޓްތައް ނުދުއްވާ ނަމަ، އެބޯޓްތަކަށް ދެން ހައްދަ ވާނީ ކިހިނެއްތޯ ސުވާލު ކުރުމުން ޖޯކް ޖައްސަވައި ވިދާޅުވީ ގަންނަން ބޭނުންފުޅު ނަމަ ރަނގަޅު އަގެއް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑަށް އޭ380 ބޯޓްތަކަށް ހިތްދެވުނު،" އަކްބަރު ވިދާޅުވި އެވެ. "އިތުރު ބޯޓް ގަންނަން ވެސް އަޅުގަނޑުމެއް ވިސްނިން. އެކަމަކު މިހާރު ހިތަށް އަރަނީ މި ބޯޓްތަކުން ސަލާމަތް ވާނީ ކިހިނެއްބާއޭ"

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910