ދުނިޔެ

ގަތަރާއި ސައޫދީން ދަތުރުތައް ފަށައި، ފުރަތަމަ ފްލައިޓް ރިޔާޒަށް

ގަތަރާއި ސައޫދީއާ ދެމެދު ވައިގެ ދަތުރުތައް ފަށައި، ފުރަތަމަ ފްލައިޓް ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ. މިއީ ތިން އަހަރަށް ވުރެ ގިނަ ދުވަސްވަން ދެން ދެ ގައުމުގެ ދެމެދުގައި ދަތުރުތައް މެދުކެނޑިފައި އޮތުމަށް ފަހު ކުރި ފުރަތަމަ ދަތުރެވެ.

ގަތަރުން މިއަދު ކުރި ފުރަތަމަ ދަތުރަށް ހޭދަވީ ގަޑިއެއްހާއިރެވެ. ގަތަރު އެއާވޭސްއިން ކުރި ޓްވީޓެއްގައި ބުނީ ގަތަރުން ކޮންމެ ދުވަހަކު ސައޫދީއަށް އުދުހޭނެ ކަމަށެވެ.

ދޯޙާ އެއާޕޯޓުން ފްލައިޓް ނައްޓާލާ މަންޒަރު ސިފަ ކުރަމުން އޭއެފްޕީ ކަރެސްޕޮންޑެންޓް ބުނީ، ފްލައިޓް ފުރާ މަންޒަރު ވީޑިއޯ ކުރަން އެއާޕޯޓް މުވައްޒަފުން ވަރަށް ވަރުހުރި ކަމަށެވެ. އެކި މަންޒިލްތަކަށް ފުރާ ބޯޓްތަކާ ހެދި ސައޫދީއަށް ދާ ބޯޓް ވަކި ނުވެގެން ބައެއް މީހުން އުޅުނު ކަމަށް ވެސް ބުންޏެވެ.

ގަތަރު އެއާވޭސްގެ ފްލައިޓެއް ދޯހާއިން ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ނައްޓާލަނީ

ގަތަރު އެއާވޭސްއާ ހަވާލާދީ އޭއެފްޕީއިން ބުނީ ސައޫދީގެ ރިޔާޒް އާއި ޖިއްދާއިން ވެސް ދޯހާއަށް ދަތުރުތައް ފަށާނެ ކަމަށެވެ.

ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، މިސްރު އަދި ބަހްރޭނުން ގަތަރާ ގުޅުން ކަނޑާޅީ އީރާނަށަށް އަދި މެދުއިރުމަތީގައި އީރާނުން ވާގިވެރިވާ ޓެރަރިސްޓް ޖަމާއްތަތަކަށް އެހީތެރިވާ ކަމަށް ބުނެ އެވެ. އެކަމަކު ގަތަރުން ބުނަނީ ޓެރަރިސްޓުންނަށް އެހީތެރި ނުވާ ކަމަށެވެ.

ސައޫދީ އަރަބިއްޔާއާ ބައިވެރިން ގަތަރާ އަޅުން ގުޅުން ބަދަހި ކުރީ ޖެނުއަރީ ފަހެއްގައި ސައޫދީގެ އަލްއޫލާގައި އޮތް ޖީސީސީ ސަމިޓްގަ އެވެ. އަދި މިހުރިހާ ގައުމަކުން މިހާރު އަންނަނީ ގަތަރަށް ބޯޑަރުތައް ހުޅުވާލައި ދަތުރުފަތުރަށް މަގުފަހި ކޮށްދެމުންނެވެ.