އެޑްވަޓޯރިއަލް

ގްރޫޕް ޓާމް ތަކާފުލް: މަސްވެރިންނަށް ރައްކާތެރިކަން

Jan 19, 2021

މަސްވެރިކަމަކީ ހަމަ ހަގީގަތުގައި ވެސް ދިވެހިންގެ ލޭނާރެވެ. ކޮވިޑުގެ ދަތި ހާލަތުގައި ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ގައުމުގެ އިގްތިސޯދު ފުން އަނދަވަޅަކަށް ވެއްޓުނު ވަގުތުގައި ވެސް ދިވެހި މަސްވެރިން ވަނީ މިކަން ސާބިތުކޮށްދީފަ އެވެ. އެހެންކަމުން މަސްވެރިންގެ މިންނަތް މަސައްކަތް އަގުވަޒަންކޮށް މަސްވެރި އާއިލާ ތަކަަށް އަބުރުވެރި ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކެއް އެކުލަވާލުމަކީ މުހިންމު ކަމެކެވެ.

މަސްވެރިކަމުގެ މައިދާނަކީ ޖޯޝުން ފުރިގެންވާ ފައިދާ ބޮޑު މަސައްކަތެއްކަން އެންމެން ވެސް ހެކިވާނެ އެވެ. ވަކި އުމުރެއްނެތި މިމަސައްކަތުގެ ތެރެއަށް ދިވެހި އަންހެނުންނާއި ފިރިހެނުން ވަންނަމުންދާ ސަބަބަކީ ވެސް މިއެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއި އެކު މަސްވެރި ކަމަށް ވެސް ވަނީ ވަރަށް ބޮޑު ކުރިއެރުން ތަކެއް އައިސްފައެވެ. މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތަކުން ފެށިގެން މިކަމަށް ބޭނުންކުރާ އޮޑި ފަހަރުގެ ސައިޒާއި ފެންވަރަށް ބަލާލިޔަސް މިކަން ދޭހަވެއެވެ.

ނަމަވެސް މިއަގުހުރި މަސައްކަތެރިންނާއި އެފަރާތްތަކުގެ އާއިލާތައް ދުރު ރާސްތާގައި ރައްކާތެރިވެފައިވަނީ ކިހާ މިންވަރަކަށްތޯ ވިސްނާލީމުތޯ އެވެ. މަސައްކަތުގެ މާހައުލާއި އެކު މިއަންނަ ކަންކަމަށް މަސްވެރި އާއިލާ ތަކުން ވެސް ރައްކާތެރިވެ ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އިމާރާތްކުރުމުގެ ދާއިރާގައި ހެލްމެޓު އަޅާ އުސޫލުން މަސްވެރިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ވަކި ހާއްސަ ރައްކާތެރި އާލާތެއް ނުހުރެއެވެ. އޭގެ ސަބަބުން ދޭތެރެ ދޭތެރެއިން މަސްވެރިންނަށް އެކި ކަހަލަ ހާނީއްކަތަށް ކުރިމަތިވާ ފަހަރު ވެސް ދިމާވެއެވެ. ލޮލަށް ބުޅި ވަނުމާއި އެކު ލިބޭ ކުރު މުއްދަތުގެ ގެއްލުމުން ފެށިގެން ކަނޑަށް ވެއްޓި މަހެއްގެ ނުރައްކާތެރި ހަމަލާއަކުން ހަށިގަނޑަށް ދާއިމީ ނުކުޅެދުންތެރިކަމެއް ލިބުނު ކަމުގައި ވިޔަސް މި ވަގުތު މަސްވެރިންނަށް ކަށަވަރުވަނީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އާސަންދަ ސްކީމުން ލިބިދޭ ސިއްހީ ފަރުވާގެ ހަރަދު އެކަންޏެވެ.

ސިއްހީ ފަރުވާތަކަށް މީ އެކަށީގެންވާ ހައްލެއް ކަމުގައި ވިޔަސް، މަސައްކަތުން ދުރުވެ ހުންނަ ދުވަސްތަކުގައި މިމަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތައް ބިކަވެއެވެ. އާމްދަނީ ހޯދަމުން އަންނަ ދޮރު ބަންދުވުމުން އެކި ކަހަލަ ގެއްލުންތައް ކުރިމަތިވެއެވެ. މިކަމާއި މެދު އުފެދުނު ނުތަނަވަސްކަމާއި އެކު މިކަމަށް މިވަގުތު އޮތް އެންމެ ރަނގަޅު ހައްލަކީ ކޮބާތޯ ބަލާލީމެވެ. މި ވަގުތު އޮތް އެންމެ އެދެވޭ ހައްލެއް ކަމަށް އަޅުގަނޑަށް ފެނުނީ މަސްވެރިން ވެސް އިންޝުއަރަންސްގެ ރައްކާތެރިކަން ހޯދުމެވެ.

މިސާލަކަށް ބުނާނަމަ، މަސްވެރިން ޖަމިއްޔާ އާއި ގުޅިގެން އަޔާދީ ތަކާފުލް އިން ދެމުންގެންދާ "ގްރޫޕް ޓާމް ތަކާފުލް" އަކީ މަސްވެރިންނާއި އެފަދަ އާއިލާތަކަށް ރަނގަޅު ފެންވަރެއްގެ ރައްކާތެރިކަމެއް ލިބިދޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޕްލޭނެކެވެ. މިއިން މަސްވެރިޔާއަށް ލިބޭ ދާއިމީ ހާނިއްކަ އާއި ނުކުޅެދޭ ފަދަ އަނިޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި މިޕްލޭންގެ މުއްދަތުގައި މަސްވެރިޔާ ނިޔާވެއްޖެނަމަ މަސްވެރިޔާގެ އާއިލާއަށް އަޔާދީއިން ގަނޑުކޮށް ފައިސާ ފޯރުކޮށްދެއެވެ. އެހެންކަމުން އާއިލާއަކުން އެމީހެއްގެ އާމްދަނީއަށް އެންމެ ބަރޯސާވާ ފަރާތް ނިޔާވުމުން ކުރިމަތިވާ މާލީ ދަތިތަކަށް ލުއިތަކެއް ލިބިގެންދެއެވެ.

ޖުމްލަ ގޮތެއްގައި މި ޕްލޭންގެ ދަށުން މަސްވެރިންނަށް 4 ޕެކޭޖެއް ހިޔާރުކުރުމަށް ފުރުސަތު ލިބެ އެވެ. އެގޮތުން އެންމެ ކުޑަ ޕެކޭޖުގައި 18 އަހަރާއި 29 އަހަރާއި ދެމެދުގެ މަސްވެރިއަކު އަހަރަކު ދައްކަން ޖެހެނީ 371 ރުފިޔާ އެވެ. މިއީ 50،000 ރުފިޔާގެ ޕެކޭޖެކެވެ. އަދި 50 އަހަރުގެ މަސްވެރިޔަކު އަހަރަކު ދައްކަންޖެހެނީ -/956 ރުފިޔާ އެވެ. 18 އަހަރުން މަތީގެ ކޮންމެ މަސްވެރި އަކަށް ވެސް މި ޕެކޭޖުތަކަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފަ އެވެ. އަދި ހާލަތާއި ގުޅުވައިގެން މިއަދަދު ތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

މަސްވެރިންނަށް ގައުމު އެންމެ ބޭނުންޖެހުނު ދުވަހު ދިވެހި މަސްވެރިން އަތުކުރި އޮޅާލައިގެން ތިބީ ގައުމު އެކަމަކަށް ބަރޯސާވާ ޓުއަރިޒަމް ހުއްޓުނު ކަމުގައި ވިޔަސް ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތު ކުރުމަށް އެހީތެރިވެދޭނީ އެވެރިންކަމުގައި ނިންމައިގެނެވެ. މިމަސައްކަތްތެރިންގެ ހިތްވަރަށް ސާބަސް ދެމުން ރައްކާތެރިވެގެން ތިބެ ކުރިޔަށްދިޔުމަށް އެދެމެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.