އެންޑީއޭ

އެންޑީއޭއަށް ސީއީއޯއަކު ހަމަޖައްސައިފި

Jan 19, 2021
3

ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ސީއީއޯކަަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ. އެ އެޖެންސީގެ ސީއީއޯ ކަމަށް ހަމަޖެއްސީ މުހައްމަދު ހަބީބެވެ.

އެންޑީއޭގެ ސިއީއޯއަކަށް އެންމެ ފަހުން ހުންނެވީ، ހަސަން ޝަހީލެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މީގެ ނުވަ އަހަރުކުރިން އުފެއްދި އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިދާރާ އެވެ.