އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ގަވަނިން ބޯޑު އެކުލަވައިލައްވައިފި

Jan 21, 2021

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ ގަވަނިން ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު އެކުލަވައި ލެއްވީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑަކީ އެ ހޮސްޕިޓަލާއި މީދޫ ސިއްހީ މަރުކަޒާއި މަރަދޫ ސިއްހީ މަރުކަޒާއި، ފޭދޫ ސިއްހީ މަރުކަޒާއި ހުޅުދޫ ސިއްހީ މަރުކަޒު ހިންގުމުގެ ކަންކަން ބަލަހައްޓަން އުފައްދަވާފައިވާ ބޯޑެކެވެ.

މި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ އަހުމަދު ޒާހިރެވެ.

ގަވަނިން ބޯޑުގެ މެންބަރުން

  • އަޙްމަދު ޒާހިރު / މާހީ، ސ. ހިތަދޫ
  • ޑރ. މުޙައްމަދު ސޯލިޙް / ކުއްޅަވައްގެ، ސ. ހުޅުދޫ
  • ޑރ. ޢަލީ ނަޒީމް / މއ. އެލީޒިއަމް
  • އާމިނަތު ޝާއިނާ ޢަބްދުﷲ / ގ. ޕޫލްކިނާރާ
  • އާމިނަތު މުޙައްމަދުދީދީ / ބަންޑާރަދަޑިގެ، ސ. މީދޫ
  • ޒާހިދާ އިބްރާހީމް / ޢަސްރުމާގެ، މާދަޑު، ޏ. ފުވައްމުލައް
  • ޢަބްދުﷲ ސޯދިގު / ކައުސަރު، ސ. ހިތަދޫ