ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ސްރީލަންކަން ރާއްޖެ-ލަންޑަން ފްލައިޓްތައް އަންނަ މަހު ފަށަނީ

Jan 23, 2021

ސްރީލަންކަން އެއާލައިނުން ހުއްޓާލާފައިވާ ދިވެހި ރާއްޖެ - ލަންޑަން ދަތުރުތަކުގެ ފްލައިޓްތައް އަންނަ މަހު އަލުން ފަށަން ނިންމައިފި އެވެ.

ސްރީލަންކަން އެއާލައިނުން ބުނީ އަލުން އެ ދަތުރުތަކުގެ ފްލައިޓްތައް ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގައި ކަމަށެވެ.

ކޮވިޑްގެ މެދުކަނޑުމަށް ފަހު ރާއްޖެ އާއި ލަންޑަނާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތައް މިދިއަ މަހު ފެށި އެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ވައިރަސް ގަދައަށް ފެތުރުން އިތުރު ވުމުން ވަނީ އެ ފްލައިޓްތައް ހުއްޓާލާފަ އެވެ.

ސްރީލަންލަން އެއާލައިންސްއަކީ ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު އެންމެ ފުރަތަމަ ޝެޑިއުލް ފްލައިޓް އަޅަން ފެށި އެއާލައިނެވެ. އަދި ބޯޑަރު ބަންދު ކޮށްފައި އޮތްއިރު ވެސް ރާއްޖެއަށް ބޭނުންވާ މުދާ ގެންނަން ޗާޓަރު ފްލައިޓްތައް ބޭއްވި އެވެ. އެ އެއާލައިނުން 51 ގައުމެއްގެ 115 މަންޒިލަކާ ދުނިޔެ ގުޅާލާފައިވެ އެވެ.