ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށް އަލުން ހުޅުވުމާއެކު ފުރަތަމަ ދަތުރު ފެށި، ގަތަރު އެއާވޭސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
ގަތަރު އެއާވޭސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނި ގޮތުގައި ކުރިން ހަފުތާއަކު ދެ ފްލައިޓް ބާއްވަމުން ދިޔަ ނަމަވެސް މިއަދުން ފެށިގެން ބާއްވާ ފްލައިޓުގެ އަދަދު ތިނަކަށް އިތުރުކޮށްފައިވާ ކަމަށެވެ.
ބޯޑަރު ހުޅުވިފަހުން، ރާއްޖެ އަށް މިހާރު 25 ފްލައިޓެއް ދަނީ ދަތުރު ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން މި މަހުގެ ފަސް ވަނަ ދުވަހު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 90،000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޖުމްލަ އައި ޓޫރިސްޓުންގެ އަދަދު ވަނީ 400،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. ސަރުކާރުގެ އަމާޒަކީ ބޯޑަރު ހުޅުވުމަަށްފަހު 100،000 މީހުން ހަމަ ކުރުމެވެ. އަދި މި އަހަރު ޖުމްލަ ބައި މިލިއަން މީހުން ގެނައުމެވެ.