އެސްޓީއޯ

އެސްޓީއޯގެ ސީއައިއޭގެ މަގާމަށް އާ ބޭފުޅެއް

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް އިންޓާނަލް އޮޑިޓާ (ސީއައިއޭ) ގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ނިންމައިފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯގެ ސީއައިއޭގެ މަގާމަަށް އައްޔަން ކުރަން ނިންމާފައި ވަނީ ހައްވާ ނާފިއާ އެވެ. ނާފިއާ މަގާމާ ހަވާލު ވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެނެވެ.

ނާފިއާ ސީއައިއޭގެ މަގާމަށް ހަމަޖައްސަން ނިންމާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް މަހްފޫޒު ފެބުރުއަރީ އެކަކުން ފެށިގެން އެ ކުންފުނިން ވަކިވެވަޑައިގަންނާތީ އެވެ.

މަހުފޫޒު އެސްޓީއޯގައި ހިދުމަތް ކުރައްވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވެއެވެ.