ހަބަރު

ރާއްޖެއާ ޗައިނާއާގެ މަޝްވަރާތަކެއް މާދަމާ

Jan 25, 2021
2
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ މަތީ ފަންތީގެ މުހިއްމު މަޝްވަރާތަކެއް މާދަމާ ފަށަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ދެ ގައުމުގެ ދެމެދުގެ ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ ހަތް ވަނަ ބުރު މާދަމާ ފަށާއިރު ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ވައިސް މިނިސްޓާ އޮފް ފޮރިން އެފެއާޒް ލޫ ޝައުހުއީ އެވެ.

މި ފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެން ދާނީ ވާޗުއަލް ކޮށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން، ކޮވިޑް-19 އިން އަރައިގަނެ، އިގުތިސޯދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ދެގައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

މި ގޮތަށް ބާއްވަމުން އަންނަ ބައިލޭޓަރަލް ކޮންސަލްޓޭޝަން ވެފައިވަނީ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަރަށް މުހިއްމު މަގަކަށެވެ. ރާއްޖެއާއި ޗައިނާ އާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ރާއްޖޭ ގައެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910