ބަނދަރު ޕްރޮޖެކްޓް

އިސްދޫ ބަނދަރުގެ އަޕްޑޭޓް ދީފި

ލ. އިސްދޫ ބަނދަރު މަސައްކަތުގެ އަޕްޑޭޓެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފި އެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ކުންފުނި އެމްޓީސީސީން ބުނީ އިސްދޫ ބަނދަރު މަސައްކަތުގެ 50 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ 45 ޕަސެންޓް ވެސް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން އެ ރަށުގައި 27،129 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 208 މީޓަރުގެ ބޭރު ތޮށި ލުމާއި، 230 މީޓަރުގެ އެއްގަމުތޮށި ލުމާއި، 98 މީޓަރަށް ރިވެޓްމެންޓް ޖެހުމާއި، 1،560 އަކަ މީޓަރުގެ ޕޭވްމެންޓް ހަދާނެ އެވެ.

އިސްދޫ ގައި ހިނގަނީ 34.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.