މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުން ގޯސްވެ ތިން އަތޮޅަކަށް ވައިޓް އެލާޓް

Jan 26, 2021
3

މޫސުން ގޯސްވެ ތިން އަތޮޅަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ ދ އަތޮޅުން ފެށިގެން ލ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ވައިޓްއެލާޓް ނެރެފައިވާ ކަމަށެވެ. އެލާޓް ނެރެފައިވަނީ މިރޭ 7:30 ފެށިގެން 00:00 ގެ ނިޔަލަށެވެ. މި ގަޑިތަކުގައި ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ހަފްތާގައި ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ނަމަވެސް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހިފައިވެއެވެ.