ޗަމްޕާ ބްރަދާސްއިން ހއ. ހޯރަފުށީގައި އައިސްޕްލާންޓެއް އެޅުމަށް ނިންމާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެގްރިމެންޓްގައި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ އެވެ. ޗަމްޕާ ބްރަދާސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ސާރާ މުހައްމަދެވެ. އެގްރިމެންޓްގައި ސޮއިކުރި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަހާ ވިދާޅުވީ، އައިސް ލިބޭނެ މިންވަރު 45 އިންސައްތައަށް އިތުރު ކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ. އެހެންކަމުން އަދިވެސް އިތުރު ރަށެއްގައި އައިސްޕްލާންޓެއް އަޅަން ނިންމާފައިވާނެ ކަމަށެވެ. އައިސްޕްލާޓް އަޅާނެ ރަށްރަށް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަފްތާއެއްގެ ތެރޭގައި ފެށިގެންދާ މި މަޝްރޫއަށް ޗަމްޕާ ބްރަދާސްގެ ފަރާތުން 4.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައެވެ. މިއީ އަމިއްލަ ފަރާތަކާއި ގުޅިގެން ސަރުކާރުން އަޅާ ފުރަތަމަ އައިސްޕްލާންޓެވެ.