ހަބަރު

ހަތަރު އަތޮޅަކަށް މޫސުމީ އިންޒާރު

ރާއްޖެއަށް މޫސުން ގޯސްވެފައި ވާތީ ހަތަރު އަތޮޅަކަށް މޫސުމަށް ސަމާލުވާން ވައިޓް އެލާޓް އިޝޫކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން އެ ސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން މިއަދު ބުންޏެވެ.

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެނެވެ.