ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރާއްޖޭގެ ޖުމްލަ ރިޒާވް 984.8 މިލިއަން ޑޮލަރަށް

Jan 30, 2021
2

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް 984.8 މިލިއަން ޑޮލަރަށް އިތުރު ވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމު ކުރާ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ އަދަދުގައިވާ ގޮތުން ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 984.8 މިލިއަން ޑޮލަރެވެ. މިއީ ނޮވެމްބަރު މަހު ރިޒާވްގައި ހުރި 629.9 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 56 ޕަސެންޓުގެ އިތުރު ވުމެކެވެ.

ރާއްޖޭގެ ރިޒާވް ރަނގަޅުވެފައިވަނީ ޓޫރިޒަމުން ލިބޭ އާމްދަނީ ވެސް ޓޫރިޒަމްގެ ޕީކް ސީޒަންގައި ރަނގަޅު ވުމުން ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ ރިޒާވްގައި ހުންނަ ފައިސާ އާއްމު ގޮތެއްގައި ބޭނުން ކުރަނީ ރާއްޖެ އަށް އިމްޕޯޓު ކުރަން ބޭނުންވާ މުދާ ގަންނާށެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ލިބުން ދަށްވުމުގެ ސަބަބުން ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ އިގްތިސޯދު ވަނީ ހީނަރުވެފަ އެވެ. މީގެ ސަބަބުން ބޭންކްތަކުން ވަނީ ކާޑުތަކަށް ދީފައިވާ ޑޮލަރުގެ ލިމިޓުވެސް ދަށްކޮށްފަ އެވެ.