ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެމްއޭ

އެމްއެމްއޭ އިން މިދިޔަ އަހަރު 633.9 މިލިއަން ޑޮލަރު ވިއްކި

ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އަޅުވަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރު 633.9 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ) ވިއްކާފައިވާ ކަމަށް ބުނެފި އެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދަށްވެ، ބޭރު ފައިސާ ވަނުން މަދުވުމާއެކު ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދޭން މިދިޔަ އަހަރު އެމްއެމްއޭ އިން ގިނަ މަސައްކަތް ތަކެއް ކޮށްފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ބޭންކް ތަކަށް 633.9 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ) ވިއްކިއިރު، މި އަދަދަކީ 2019 ވަނަ އަހަރު ވިއްކި ޑޮލަރާ އަަޅާ ބަލާއިރު އެއް ޕަސެންޓު އިތުރު ވުމެކެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ގޮތުން އެމްއެމްއޭ އިން ވަނީ ރާއްޖެ އަށް ބޭނުންވާ ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ސަޕްލައި ކުރާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީފަ އެވެ.

ޒަރޫރީ އިމްޕޯޓަށް އިސްކަން ދީގެން ޑޮލަރު ދޫކޮށްފައިވެ އެވެ. މިހާލަތުގައި ބޭންކް ތަކަށް 241.1 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ 2019 ވަނަ އަހަރު ވިއްކި ޑޮލަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރު ވުމެކެވެ. ދޫކުރި ޑޮލަރުގެ 35 ޕަސެންޓް ހާއްސަކޮށްފައިވަނީ ބޭންކިން ސެކްޓާ އަށެވެ.

ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ގިނަ އަދަދެއްގެ ޑޮލަރު ވިއްކާފައިވެ އެވެ. ސަރުކާރު ކުންފުނި ތަކަށް 392.8 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. ނަމަވެސް މިއީ 2019 ވަނަ ވިއްކި އަދަދާ އަޅާބަލާއިރު ދެ ޕަސެންޓުގެ ދަށްވުމެކެވެ.

އެމްއެމްއޭއިން މިދިޔަ އަހަރު ވެސް ބޭރު ފައިސާގެ މާކެޓު ހަމައަކަށް އަޅުވަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން މިނިމަން ރިޒާވް ރިކުއާމަންޓް 10.5 ޕަސެންޓުން 7.5 ޕަސެންޓަށް ދަށްކޮށްފައިވެ އެވެ.