ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމެރިކާ ޑޮލަރު

ޓެކުހަށް މާރުކުރާ ދުވަސްވަރާ ދިމާކޮށް ޑޮލަރު ދައްވަނީ

Aug 11, 2021
ފައިސާ މާރުކުރާ ތަނެއް: ޓެކްސް ދައްކަން މި ދުވަސްވަރު ޑޮލަރު މާރު ކުރުން އިތުރު -- ފޮޓޯ: އަވަސް
0%
0%
100%

ޓޫރިޒަމް ވިޔަފާރި ތަކުން ޓެކްސް ދައްކަން ޑޮލަރު މާރުކުރާތީ މިދުވަސްވަރާ ދިމާކޮށް، ޑޮލަރުގެ އަގު ވެއްޓެން ފަށައިފި އެވެ.

ސަރުކާރުގެ ކޮންޓްރޯލް ނެތް އެކްސްޗޭންޖު މާކެޓެއް ހިންގާ ރާއްޖޭގައި ޑޮލަރުގެ އަގު މިހާރު ހުރީ 17.80ރ. ގައެވެ. މި އަގަކީ މީގެ ހަފުތާއެއްގެ ކުރީގައި ޑޮލަރުހުރި 18.80ރ. އާ ބަލާއިރު ބޮޑުތަނުން ދަަށްވުމެވެ.

ޑޮލަރުގެ އަގު ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ މި ދުވަސްވަރު ޓެކްސް ދައްކަން ފައިސާ މާރުކުރުން އިތުރުވުމާއެކު ޑޮލަރު އިތުރުވުމެވެ. ގިނަ ވިޔަފާރިތަކުން ދަނީ ވިޔަފާރީގެ ފައިސާ ދައްކަން ޑޮލަރު މާރުކުރަމުންނެވެ. އަނެއްކާ ޓޫރިޒަމް ރަނގަޅުވުމަކީ ވެސް ޑޮލަރުގެ ކަޅުބާޒާރުގެ އަގު ދަށްވުމުގެ ސަބަބެވެ.

ޓޫރިޒަމް ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާރު އެވްރެޖުކޮށް ޓޫރިޒަމް އެރައިވަލް ދުވަލަކު 4،000 ގައި އުޅޭއިރު މިގޮތަށް އަންނަ މީހުންގެ ބޮޑު ބައެއް ފައިސާ އެތެރެކުރަނީ ޑޮލަރުންނެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. ކަމަށްވީ ނަމަވެސް ޑޮލަރު މާރުކުރުމުގައި ހައްދެއް ނުހުރެ އެވެ. އަދި ބޮޑު އަގުގައި މާރުކުރުން ވެފައިވަނީ ބޮޑު ވިޔަފާރި އަކަށެވެ. އަދި މިކަން ހުއްޓުވަން މިހާތަނަށް ސަރުކާރު ވަނީ ފެއިލްވެފަ އެވެ. ކޮވިޑުގެ މިހާލަތާ ގުޅިގެން އިގްތިސޯދީ ހާލަތު ގޯސްވުމާއެކު ޑޮލަރެއްގެ އަގު 20ރ. އަށް މަތިވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910