ދައުލަތުގެ އާމްދަނީ

ފުރަތަަމަ ދެމަސް: ޑޮލަރުގެ އާމްދަނީ 35 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެ އައި ޓޫރިސްޓުންތަކެއް: ޓޫރިސްޓުން އަންނަ އަދަދު ދަށްވުމުން އާންދަނީއަށް އަސަރު ކުރޭ -- އަވަސް ފޮޓޯ
0%
0%
0%

މި އަހަރުގެ ފުރަތަމަ ދެ މަހު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ކިޔާނަމަ ޑޮލަރުން ލިބުނު އާމްދަނީ 35 ޕަސެންޓު އިތުރު ވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ޖުމްލަ 138 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 89 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 35 ޕަސެންޓުގެ އިތުރުވުމެކެވެ.

ފެބްރުއަރީ މަސް ވަކިން ބަލާނަމަ ޑޮލަރުން އާމްދަނީގެ ގޮތުގައި 63 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބިފައިވަނީ 43 މިލިއަން ޑޮލަރެވެ.

އެންމެ ގިނައިން ޑޮލަރުގެ އާމްދަނީ ލިބުނު ދާއިރާތައް

  • ޓޫރިޒަމް ޖީއެސްޓީ: 98 މިލިއަން ޑޮލަރު
  • ގްރީން ޓެކްސް: 12 މިލިއަން ޑޮލަރު
  • ރިސޯޓު ކުލި: ހަތް މިލިއަން ޑޮލަރު
  • ޑިޕާޗާ ޓެކްސް: 6.6 މިލިއަން ޑޮލަރު
  • އެއާޕޯޓް ޑިވްލޮޕްމަންޓް ފީ: ހަ މިލިއަން ޑޮލަރު
  • އެކުއެޒިޝަން ފީ: ފަސް މިލިއަން ޑޮލަރު

މި އަހަރު ޑޮލަރުން ލިބޭ އާމްދަނީ މަތިވެގެން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު އިތުރުވުމެވެ. އަދި އެންމެ ގިނައިން ސްޕެންޑްކުރާ ޓޫރިސްޓުން އަންނަ ރަޝިއާ ފަދަ ގައުމުތަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން އައުމެވެ. ނަމަވެސް ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މި މާކެޓު ދަށްވެ އަންނަ ޓޫރިސްޓުން މަދުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢާދެ

ޢެހެނަސް ޑޮލަރު ލިބޭނީ 18ރ އަށް ވަރަށް ވެދުން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910