އެމެރިކާ ޑޮލަރު

ޑޮލަރެއްގެ އަގު 18:50ރ. އަށް ވުރެ މައްޗަށް

May 10, 2021
ބިދޭސީން ޑޮލަރު މާރު ކުރުމުގެ ވިޔަފާރީގައި: ކަޅު ބާޒާރު ނުހުއްޓުވި ދަނީ ކުރިއަށް -- ފޮޓޯ: އަވަސް
100%
0%
0%

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު 18:50ރ. އަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވުމާއެކު ޑޮލަރުގެ އަގު 20ރ. އަށް އުފުލުމަށްފަހު ޑޮލަރުގެ އަގު 16:50ރ. އަށް ތިރިވި އެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ޑޮލަރުގެ އަގު ވަނީ މަތިވާން ފަށާފަ އެވެ. މިހާރު މަނީ އެކްސްޗޭންޖު ކޮށްދޭ ތަންތަނުން ޑޮލަރު ވިއްކަނީ 18:50 އާއި 18:80ރ.އާ ދެމެދުގަ އެވެ.

ޑޮލަރުގެ އަގު މަތިވެފައިވާއިރު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ. ނަމަވެސް ޓޫރިސްޓުން އިތުރުވީ ނަމަވެސް ރާއްޖެއަށް ވަންނަ ޑޮލަރުގެ ބޮޑު އަދަދެއް އަބަދުވެސް ބޭރު ވެގެންދެ އެވެ. މީގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރު ބޮޑުވުމުގެ މައްސަލަތައް އަބަދު ވެސް ނުކުމެ އެވެ. މިކަން ވެފައިވަނީ ދިވެހިން ފަހަތުގައި ތިބެގެން ބިދޭސީން ހިންގާ ބޮޑު ވިޔަފާރި އަކަށެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ހަމައަކަށް އަޅުވައި ޑޮލަރު ލިބޭ މިންވަރު އިތުރު ކުރުމުގެ ގޮތުން އެމްއެމްއޭއިން މިދިޔަ އަހަރު 600 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވެ އެވެ.

ޑޮލަރުގެ ކަޅު ބާޒާރަށް ދާއިމީ ހައްލެއް ގެނުވާނެ ބަދަލުތަކެއް ގެންނާމެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް މީގެ އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345