ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޒާވް

ރިޒާވް ބޮޑުތަނުން މަދުވެ 791 މިލިއަން ޑޮލަރަށް

ރާއްޖޭގެ ރަސްމީ ރިޒާވް- އޮފިޝަލް ރިޒާވް އެސެޓް- އަހަރު ނިމުނުއިރު 791 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 12.2 ބިލިއަން ރުފިޔާ) އަށް ދަށްވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިތީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ރަސްމީ ރިޒާވް ބޮޑުތަނުން މަދުވެފައި މިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖުމްލަ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުވުމަށްފަހު އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރީ 791,202,019.98 މިލިއަން ޑޮލަރެވެ.

2021 ގައި ރާއްޖޭގެ ރިޒާވް

  • ޖެނުއަރީ: 830.65
  • ފެބްރުއަރީ: 855.7
  • މާޗް: 844.7
  • އެޕްރީލް: 878
  • މެއި: 926
  • ޖޫން: 912
  • ޖުލައި: 857
  • އޮގަސްޓް: 874
  • ސެޕްޓެމްބަރު: 1 ބިލިއަން
  • އޮކްޓޫބަރު: 947
  • ނޮވެމްބަރު: 943
  • ޑިސެމްބަރު: 791

ރާއްޖޭގެ ޖުމްލަ ރިޒާވް އަވަސް އަވަހަށް ބަދަލުވެ އެވެ. ޑޮލަރުގެ މި ރިޒާވް މަތިވެގެންދާ މައިގަނޑު އެއް ސަބަބަކީ ތަފާތު ގޮތްގޮތަށް ދައުލަތުން ނަގާ ދަރަނިތައް ދައުލަތުގެ މާލިއްޔާއަށް ޖަމާވުމެވެ. ރާއްޖޭގެ ރިޒާވްގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގެ މައުލޫމާތު ކުރިން އެމްއެމްއޭއިން އާއްމު ކުރެ އެވެ. ނަމަވެސް މި ރިޒާވްގެ ހިސާބުތައް މިހާރު އާއްމު ކުރުން ވަނީ ހުއްޓާލާފަ އެވެ.

މި ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ އެއް މަހާއި ދެ މަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރަން ޑޮލަރު ގަނެވޭނެ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރު ވަރެވެ.