ރިޒާވް

އޭޕްރީލް ނިމުނުއިރު ރަސްމީ ރިޒާވް އިތުރުވެއްޖެ

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ އޭޕްރީލް މަސް ނިމުނުއިރު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޭޕްރީލް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 622.1 މިލިއަން ޑޮލަރެވެ.

މިއީ މި އަހަރުގެ މާޗް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 541.8 މިލިއަން ޑޮލަރާ އަޅާބަލާއިރު 80.3 މިލިއަން ޑޮލަރު އިތުރުވުމެކެވެ.

ރަސްމީ ރިޒާވް މަހުން މަހަށް

  • ޖެނުއަރީ: 551.1 މިލިއަން ޑޮލަރު
  • ފެބްރުއަރީ: 588.8 މިލިއަން ޑޮލަރު
  • މާޗް: 541.8 މިލިއަން ޑޮލަރު

ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން އޭޕްރީލް މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 113.6 މިލިއަން ޑޮލަރެވެ.

މި އަދަދު މި އަހަރުގެ މާޗް މަސް ނިމުނުއިރު ހުރީ 113.7 މިލިއަން ޑޮލަރުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910