ކަރަންކާ އިބްރާހިމް ރަޝީދު

ގައުމީ ހިތާމައިގައި ދިދަ ބައި ދަނޑިއަށް

Jan 31, 2021
1

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ (ނޢޢވ) އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަވުމާ ގުޅިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

ރަޝީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތައް ވުމަށްފަހު، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ހ. ކަރަންކާގޭގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

ރަޝީދަކީ ވަރަށް ދިގު މުއްދަތަކަށް ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ސަރުކާރުގެ ހިދުމަތް ފައްޓަވާފައި ވަނީ ނޮވެމްބަރު 24، 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވެއެވެ.