ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ބޮޑުދައިތަ އަވަހާރަވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުދައިތަ ފަހީމާ ސޯލިހު އަވަހާރަވެއްޖެ އެވެ.

ފަހީމާ ސޯލިހު، އާންމު ނަމުންނަމަ ދޮންކަނބުލޮ، އަވަހާރަވެފައިވަނީ އުމުރުން 72 އަހަރުގަ އެވެ. އެކަމަނާގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

ރައީސް ސޯލިހުގެ ބޮޑުދައިތަ އަވަހާރަވެފައި މިވަނީ ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފުރަތަމަ ކެމްޕެއިން ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. ނަމަވެސް ކެމްޕެއިން ޖަލްސާ ފަސްކުރިކަން ނުވަތަ ނޫންކަން އެމްޑީޕީން އަދި ހާމައެއް ނުކުރެ އެވެ.

ފަހީމާ ސޯލިހަކީ ރައީސް ސޯލިހުގެ ބައްޕާފުޅު ފަރާތު ބޮޑުދައިތަ އެވެ.