ގަވައިދަކުން ކަނޑައަޅާ ހާއްސަ އުސޫލެއް ދަށުން ގޮތަކަށް ބިމާއި ގޯތި ނުވިއްކޭ ގޮތަށް ބިމާބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިިފި އެވެ.
މި ބިލް މަޖިލީހަށް މިއަދު ހުށަހަޅައި ދެއްވީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދެވެ.
ސަރުކާރުގެ އިސްލާހުގައ ބުނެފައި ވަނީ ދިރިއުޅެނެ ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން އެ ގޯއްޗެއްގެ ބިން ގަތުމަށް ފަހު އެހެން ފަރާތަކަށް ވިއްކަން ވާނީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓުރީން ހަދާ ގަވާއިދަކުން އާންމުކޮށް ޝާއިއުކޮށްފައިވާ އުސޫލާއި އެއްގޮތަށް ކަނޑައަޅާ އަގަކަށް ކަމަށެވެ.
އަދި އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެއްޓެއް ވިއްކަން ވާނީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓުރީން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އާންމުކޮށް ޝާއިއުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތަށް ކަމަށާއި އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓު ގަންނަ ފަރާތަކީ ދިވެހި ރައްޔިތަކަށްވެސް ވާންޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓުރީކޮށްފައިވާ ކުންފުންޏެއްގެ 100 ޕަސެންޓު ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވާންޖެހޭ ކަމަށް ބުނާއިރު ރާއްޖޭގައި ރަޖިސްޓުރީ ކޮށްފައިވާ 100 ޕަސެންޓު ދިވެހި ޖަމިއްޔާއެއް ނުވަތަ ޖަމާއަތަކަށްވާން ޖެހޭނެ ކަމަށް ވެސް ބުނެ އެވެ.
މީގެ އިތުރުން އެއްމެދު އިމާރާތެއްގެ ފުލެޓެއް ވިއްކާ ނަމަ އެ އިމާރާތެއް ނުވަތަ ފްލެޓް ވިއްކާ އަގުގެ 15 ޕަސެންޓު ޓެކްސްގެ ގޮތުގައި އެ އިމާރާތެއް ވިއްކާ ފަރާތުން ދައުލަތަށް ދައްކަން ޖެހޭނެ ކަމަށެވެ.
މި އިސްލާހު ބަލައިގަތް އިރު ދާދިފަހުން ވަނީ އެއް ރުފިޔާއަށް ވިއްކާލާފަ އެވެ.